މާލެއިން ފުރައިގެން ވިލިމާލެއަށް ދަތުރުކުރަމުންދިޔަ ފެރީއަކާ މަސް ދޯންޏެއް ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.

އެމްޓީސީސީ އިން ވިލިމާލޭގައި ދުއްވާ ފެރީއެއްގެ ކެޕްޓަން އަކު ސަން އަށް ބުނީ، އެ ހާދިސާ ހިނގާފައިވަނީ މާލެއިން ފުރައިގެން ދިޔަ "ހޯކްސް އޯޝަން" ނަމަކަށް ކިޔާ ފެރީ އާއި ފާނަ މަސްވެރިކަން ކުރާ ދޯންޏެއް ޖެހިގެން ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ވިލިމާލެ ފެރީއަކާއި މަސްދޯންޏެއް ޖެހި އެކްސިޑެންޓެއް ހިނގި ކަމުގެ މައުލޫމާތެއް މިއަދު 8:32 އެހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއްނުވެއެވެ.

އެކްސިޑެންޓުގައި ދެ އުޅަނދަށް ވެސް ގެއްލުންތަކެއް ލިބުނު އިރު، ލިބުނީ ކިހަވަރެއްގެ ގެއްލުމެއް ކަމެއް އަދި ނޭނގެއެވެ.