މުސްތަގުބަލުގައި ބޮލީވުޑް އިން ވިދާލާނެ ކަމަށް ބެލެވޭ އެންމެ އުއްމީދީ ތަރިންގެ ލިސްޓުގައި މަޝްހޫރު ސުޕާ ސްޓާ ޝާހްރުކްހާންގެ ފިރިހެން ދަރިފުޅު އާރްޔާން ހާން ހިމެނެ އެވެ. ސަބަބެއް ނެތިއެއް ނޫނެވެ.

އާރްޔާން ބޮލީވުޑަށް ނެރުމަށް ކަރަން ޖޯހަރު ފަދަ މަޝްހޫރު ޑައިރެކްޓަރުން ތިބީ އަތު ކުރި އޮޅާލައިގެންނެވެ. އާރްޔަން އެންމެ ފުރަތަމަ ވެސް ފިލްމީ ދައިރާ އަށް ތައާރަފު ކުރާނީ އޭނާގެ ފިލްމަކުން ކަމަށް ކަރަން ވަނީ މީގެ ކުރިން ވެސް ބުނެފަ އެވެ.

އާރްޔަން ފިލްމީ ދާއިރާ އަށް ތައަރަފު ކުރުމަށް ރާވާފައި ހުރި ކަންތައްތަކާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ކަރަން ބުނީ، އާރްޔަން އަކީ އޭނާގެ ދަރިއެއް ފަދަ ކުޖެއް ކަމަށާއި އާރްޔަން އުމުރުން ތަންކޮޅެއް ބޮޑުވުމުން އެވާހަކަ ދައްކާނެ ކަމަށެވެ.

"ޝާހުގެ ފިރިހެން ދަރިފުޅު އާރްޔަން އަކީ އަހަރެންގެ ދަރިއެއް ފަދަ ކުއްޖެއް. އޭނަ މިހާރު ކިޔަވަނީ، ތިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާނީ އޭނާ އުމުރުން ތަންކޮޅެއް ބޮޑުވީމަ،" ކަރަން ބުންޏެވެ.

ކޮންމެއަކަސް އާރްޔާން އަކީ ވަރަށް އުއްމީދީ ތަރިއެކެވެ. ބައްޕަ ފަދައިން ބޮލީވުޑްގައި ވިދާލާނެ ފަދަ ތަރިއެއް ކަމަށް ބެލެވޭ ކުއްޖެކެވެ.