13 Apr 2016, 01:12
ޖުމެއިރާ ދެވަނަފުށި ރިސޯޓުގައި ސްނޯކްލިންގ އަށް ގޮސް އުޅުނު ފަތުރުވެރިއަކު މަރުވެއްޖެ އެވެ.
ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މަރުވެފައިވަނީ އެ ރިސޯޓަށް މީގެ ތިން ދުވަސް ކުރިން، ޗުއްޓީ ހޭދަކޮށްލުމަށްދިޔަ ޖަރުމަނުގެ 71 އަހަރުގެ އަންހެނެކެވެ.
ތިނަދޫ ހޮސްޕިޓަލުގެ މެނޭޖަރު ހުސެއިން ރަޝީދު ސަން އަށް ވިދާޅުވީ، ޖުމެއިރާ އިން އެ އަންހެން މީހާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އަންގާރަ ދުވަހު ހަވީރު ގާތްގަނޑަކަށް 5:00 ހާއިރު ކަމަށެވެ. އަދި އެމީހާ ހޮސްޕިޓަލަށް ގެނެވުނު އިރުވެސް މަރުވެފައިވަ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާގެ ހަށިގަނޑު ހޮސްޕިޓަލުން ފޮނުވާލުމަށްފަހު މިހާރު އޮތީ ސަހަރާގައި ކަމަށް ވެސް ހުސެއިން ރަޝީދު ވިދާޅުވި އެވެ.