12 Apr 2016, 15:45
ބެލެނިވެރިންނަށް އަމާޒުކޮށްގެން "ޕޭރެންޓްސް ސްޕެޝަލް ވޯކްޝޮޕް"ގެ ނަމުގައި ކުދިން ތަރުބިއްޔަތު ކުރާނެ ގޮތްތަކާ ގުޅޭ މަސައްކަތު ބައްދަލުވުމެއް އިންސްޓިޓިއުޓް ފޯ ކައުންސެލިން އެންޑް ސައިކޯތެރަޕީ (އައިސީޕީ) އިން ކުރިއަށް ގެންގޮސްފި އެވެ.
އިއްޔެ ކުރިއަށް ގެންދިޔަ ވޯކްޝޮޕުގައި 30 ށް ވުރެ ގިނަ ބެލެނިވެރިން ބައިވެރިވި ކަމަށް އައިސީޕީން ބުނެ އެވެ.
އިއްޔެގެ ވޯކްޝޮޕުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައި ވަނީ ކުދިން ތަރުބިއްޔަތު ކުރާނެ އެންމެ ރަނގަޅު ގޮތްތަކާ، ތަރުބިއްޔަތު ކުރުމުގައި ދިމާވާ މައްސަލަތަކާއި، ދަރިންނާ މައިންބަފައިންގެ މެދުގައި އޮންނަން ޖެހޭ ގުޅުމުގެ މައްޗަށެވެ.
އެ ވޯކްޝޮޕްގައި ކިޔަވައިދެއްވާފައި ވަނީ އައިސީޕީގެ މެނޭޖިންގ ޑިރެކްޓަރު އަދި ދާއިރާގެ ތަޖުރިބާކާރެއް ކަމުގައިވާ ޝިދާތާ ޝަރީފެވެ.
އައިސީޕީން ބުނީ އެފަދަ އިތުރު ވޯކްޝޮޕްތައް ކުރިއަށް އޮތް ތަނުގައި ގިނަގިނައިން ބޭއްވުމަށް ރާވަމުން އަންނަ ކަމަށެވެ. އޭގެ އިތުރުން އައިސީޕީން ވަރަށް އަވަހަށް ހުޅުވުމަށް ހަމަޖެހިފައިވާ "ދިވެސް އިންސްޓިޓިއުޓް"އަކީ އެފަދަ ކަންކަމަށް މީހުން ތަމްރީނު ކުރާނެ އިންސްޓިޓިއުޓަކަށް ވެގެންދާނެ ކަމަށް ވެސް އައިސީޕީ އިން ވަނީ ބުނެފަ އެވެ.