12 Apr 2016, 09:26
ސަލްމާން ހާން މިހާރު މަސައްކަތް ކުރަމުން އަންނަ ފިލްމު "ސުލްތާން"ގެ ފުރަތަމަ ޕޯސްޓަރު ބެލުންތެރިންނަށް ދައްކާލައިފި އެވެ.
އިއްޔެގެ ވަގުތެއްގައި ސަލްމާން ވަނީ އެ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ޓުވީޓުކޮށްފަ އެވެ.
މަޝްހޫރު ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ޑައިރެކްޓު ކުރާ އެ ފިލްމުގައި ސަލްމާން ފެނިގެން ދަނީ ރެސްލިން ތަޅާ މީހެއްގެ ރޯލުންނެވެ. އެ ރޯލަށް ފިޓް ވުމުގެ ގޮތުން ސަލްމާން ވަނީ ހަށިގަނޑު ފަލަކޮށް ވަރުގަދަ ކުރުމުގެ ތަމްރީނުތަކެއް ހަދާފަ އެވެ.

އަނުޝްކާ އަދި ސަލްމާން ---
އަންނަ އީދުގައި ރިލީޒް ކުރަން ހަމަޖެހިފައިވާ އެ ފިލްމުގައި ސަލްމާން އާއެކު ބަތަލާގެ ރޯލުން ފެނިގެންދާނީ ބޮލީވުޑްގެ މަޝްހޫރު ތަރި އަނުޝްކާ ޝަރްމާ އެވެ. އަދި "ސުލްތާން" އަކީ އަނުޝްކާ ސަލްމާން އާއެކު ކުޅޭ ފުރަތަމަ ފިލްމެވެ.