ގޯލްޑަން ގްލޯބް ޓައިގާ އައުޓްސްޓޭންޑިންގް ވިމެން ލީޑަޝިޕް އެވޯޑް އެމްޑީއޭގެ ނައިބު ލީޑަރު އައިޝަތު ރަފިއްޔާއަށް ލިބިއްޖެ އެވެ.

އެ އެވޯޑާއެކު ރަފިއްޔާ ވެގެންދާނީ ގޯލްޑަން ގްލޯބް ޓައިގާ އައުޓްސްޓޭންޑިންގް ވިމެން ލީޑަޝިޕް އެވޯޑް ލިބުނު ހަމައެކަނި ދިވެއްސަށެވެ. ރަފިއްޔާއަށް އެ އެވޯޑު ލިބުނީ މެލޭޝިއާގެ ކުއަލަލަމްޕުރުގައި މިއަދު ބޭއްވި ގޯލްޑަން ގްލޯބް ސަމިޓްގަ އެވެ.

އެވޯޑާ ބެހޭ ގޮޮތުން ވާހަކަފުޅު ދައްކަވަމުން ރަފިއްޔާ ވިދަޅުވީ އެ އެވާޑަކީ އެފަަދަ އެވޯޑެއް ލިބުމަކީ އުފާވާ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ ޒުވާނުންނާއި އަންހެނުން ބާރުވެރިކުރުމަށް ކުރާ މަސައްކަތުގައި އިސްނަގާ މީހުން ގިނަވާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް ރަފިއްޔާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ އެވޯޑަކީ މަތީފެންވަރުގެ އެވޯޑެއް ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ.

އެމްޑީއޭގެ ނައިބު ލީޑަރު އާއިޝަތު ރަފިއްޔާ-- ސަން ފައިލް ފޮޓޯ

ޓައިގާ އެވޯޑް ގިނަ ދާއިރާތަަކަކަށް ހާއްސަކޮށްފައިވާއިރު އޭގެ ތެރޭގައި ތައުލީމާއި ލީޑަޝިޕްގެ ދާއިރާ ތިމާވެއްޓަށް ހިދުމަތް ކުރުމުގެ ދާއިރާ، އިޖުތިމާއީ ދާއިރާއިން ހިދުމަތް ކުރުމާއި ވިޔަފާރިއާ އިގްތިސާދީ ދާއިރާގެ އިތުރުން ގިނަ ދާއިރާތަކެއް ހިމެނެ އެވެ.

ޒުވާނުން ބާރުވެރިކޮށް ހަރުދަނާ ބަޔަކަށް ހެދުމަށް ބައިނަލް އަގުވާމީ ފެންވަރުގައި މަސައްކަތް ކުރުމަށް “ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިން ޔޫތު” (ރަޕީ)ގެ ނަމުގައި ރަފިއްޔާ ވަނީ ޖަމިއްޔާއެއް އުފައްދާފަ އެވެ.