04 May 2011, 01:02
01:04 މިރެއަށް މުޒާހަރާ ނިންމާލިކަން ވަނީ އިއުލާންކޮށްފަ އެވެ. މިރޭގެ މުޒާހަރާ ރޫޅައިިލިފަހުން އެކި ފަހަރުމަތިން ހިނގި ހަމަނުޖެހުންތަކުގައި ވަނީ ބައެއް މީހުންނަށް އަނިޔާވެ އެކެއްގެ ބޯވެސް ފަޅައިގެން ގޮސްފަ އެވެ.
00:32 މުޒާހަރާގެ ބައިވެރިން އަދިވެސް އެސަރަހައްދުގެ އެކި ހިސާބުތަކުގައި އެބައުޅޭ. 60 އަށް ވުރެ ގިނަ މީހުން މިރޭ ވަނީ ހައްޔަރުކޮށްފައި. ދެންމެ ހައްޔަރު ކުރި މީހުން ޖިޕްގައި ގެންދިޔައިރުވެސް އަޑު ހަރަކޮށް ރައީސް ނަޝީދުގެ އިސްތިއުފާއަށް ގޮވާފައިވޭ
23:54 މުޒާހާރާގެ ބައިވެރިންގެ ޖަމާއަތެއް އަގޯރާ ފިހާރަ ސަރަހައްދުގައި ވެސް އެބައޮތް. އެ ސަރަހައްދުގައިވެސް ރައީސް ނަޝީދުގެ އިސްތިއުފާއަށް ގޮވަމުން އެބަދޭ. މިހާރު 35 މީހުން ހައްޔަރުކޮށްގެން ފުލުހުންގެ ޖިޕުގައި ގެންގޮސްފި
http://www.youtube.com/watch?v=lMDuVEhfXQw
23:54 އަދިވެސް މާވެޔޮ މަގާ މަޖީދީ މަގު ގުޅުނު ސަރަހަދަށް ވަނީ މީހުން އެއްވެފައި. އަދި މުޒާހަރާ ނިންމާލި ކަން އިއުލާންކޮށްފައެއް ނުވޭ. އެސަރަހައްދުގައި ގިނަ އަދަދެއްގެ މީހުން އެބަތިބި
http://sun.mv/albums/l_773.jpg
23:45 މިހާރު މުޅި ސަރަހައްދު ވަނީ އަމާންވެފައި. ޖުމްހޫރީ މައިދާނަށް މީހުން އެެއްވާ ކަމަށް ވެސް ވަނީ އަޑު ފެތުރިފައި ނަމަވެސް އެސަރަހަދުގައި ހުރި ސަންގެ ނޫސްވެރިޔާ ބުނީ އެ ސަރަހައްދުގައި އެއްވެސް ކަމެއް ނެތް ކަމަށް
23:32 މިހާރު ފުލުހުން މުޒާހަރާ ރުޅައިލި ނަމަވެސް އަދިވެސް އެކި ދިމަދިމާއިން އަޑުގަދަކޮށް މުޒާހަރާ އެބަކުރޭ. އަދި ބައެއް ދިމަދިމާއިން ފުލުހުންނާ ދިމާއަށް އެއްޗެެހި އެބައުކާ. މިހާތަނަށް 12 މީހަކު ވަނީ ހައްޔަރުކޮށްފައި. އެ ސަރަހައްދުގައި ތިބި ނޫސްވެރިން ބުނާ ގޮތުން މިރޭ އަދި އެހެން ސަރަހައްދަކަށް އެއްވެ މުޒާހަރާ ކުރުމަކީ އެކަށީގެންވާ ކަމެއް
23:32 މަޖީދީ މަގާއި ޗާންދަނީ މަގު ގުޅުނު ސަރަހައްދު ކޮންޓްރޯލްކުރުމަށް ފަހު ފުލުހުންގެ ވާޖިބަށް ހުރަސް އަޅަ މީހުން ހައްޔަރު ކުރަމުން އެބަދޭ. މިހާރު ހަތަރު މީހަކު ހައްޔަރުކޮށްފި.
23:27 ތަކެތީގެ އަގު އުފުލުމާ ދެކޮޅަށް ކުރާ މުޒާހަރާގެ ހަތަރުވަނަ ރޭގެ މުޒާހަރާ ފުލުހުން މިރޭ ރުޅައިލި އިރު އެހެން ރޭރެއާ އަޅައި ބަލާއިރު މީހުން މަދެވެ. މިރޭ އެއްވެސް ވަރަކަށް ބާރުގެ ބޭނުން ކޮށްފައެއް ނުވެ އެވެ.
http://sun.mv/albums/l_776.jpg
23:24 މުޒާހަރާ މަޖީމަގުން ރޫޅައިލުމުން އަނެއްކާވެސް އެކި ސަރަޖައްދުތަކަށް އެއްވަމުން އެބަދޭ. މިހާރު ބައެއް މީހުން މާވެޔޮމަގުގެ ކަންމައްޗަށް ޖަމާވެއްޖެ
23:19 ޖަންކްޝަން ސަރަހައްދަށް ގިނަ ބަޔަކު ޖަމާވަމުން ދަނިކޮށް ޗާންދަނީ މަގުން ވަނީ މުޒާހަރާ ރުޅާލައި ސަރަޖައްދު ކޮންޓްރޯލްކޮށްފައި. ބާރުގެ ބޭނުންކޮށްފައެއް ނުވޭ. މީހަކު ހައްޔަރެއް ނުކުރޭ
http://sun.mv/albums/l_783.jpg
23:18 އެކި ދިމަ ދިމާއިން ފުލުހުން އިތުރުވަމުން އެބަދޭ. ވަރަށް އަވަހަށް ދެވަނަ ފަހަރަކަށް މުޒާހަރާ ރޫޅާލާފާނެ ކަމަށް ބެލެވޭ. މިހާރު ވެސް އެސަރަހައްދު ދޫކޮށްލުމަށް އަންގަމުން އެބަދޭ. ބައެއް ފަހަރަށް އެއްޗެހި އުކާތަން ވެސް އެބަފެނޭ
23:16 މީހުންގެ އަދަދު 500 އާ ގާތް ކުރޭ. އަނެއްކާވެސް އިތުރު ފުލުހުން އަތުވެއްޖެ
23:14 އެހެން ރޭރެއަށް ވުރެ ބޮޑުތަނުން މީހުން މަދު. އެހެން ނަމަވެސް މީހުން ދަނީ ޖަމަވާމުން ބައެއް މީހުން ތިބީ ބިންމަތީގައި އިށީނދެގެން. ތަކެތީގެ އަގު ހެޔޮ ކުރުމަށާއި ރައީސް ނަޝީދުގެ އިސްތިއުފާއަށް ގޮވަމުން އެބަދޭ. ފުލުހުންގެ ސަފުތައް އަންނަނީ ކުރިޔަށް ޖެހެމުން. ފުލުހުންގެ ދެވަނަ ފައުޖެއް ޝީލްޑާއެކު އައިސް އެތުރިއްޖެ
23:07 މިރޭގެ މުޒާހަރާގެ ފުރަތަމަ ބުރު ފުލުހުން ރޫޅާލާފައި ވަނީ ގާނޫނީ ހިލާފަށް ކަމަށާއި ވަރަށް ގިނަ އެކްޓިވިސްޓުންނަށް އަނިޔާވެފައިވާއިރު އެކަކެއް ބުރަކަށީގެ މައި ބަދައަށް ވަރަށް ބޮޑަށް އަނިޔާވެގެން ދާދި ދެންމެއަކު އައިޖީއެމްްއެޗަށް ގެންގޮސްފައިވާ ކަމަށް މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވާ މަހުލޫފު ދެންމެ ވިދާޅުވި.
23:07 ތައްޔާރީ ހާލަތުގައި ތިބި ފުލުހުން އަތުވެއްޖެ. ޔުނިފޯމް ފުލުހުން ފަހަތަށް ޖައްސައި ރަޔަޓް ގިޔަރު ފުލުހުން ކުރިޔަށް އަރައި އެތުރެން ފަށައިފި
23:02 ޖަންކްޝަން ކަންމަތީގައި މުޒާހަރާ ކުރަމުންދަނީ އަޑުގަދަ ކުރާއަކާ ނުލައި. މީގެ އިރުކޮޅެއް ކުރިން ވަނީ އަޑުގަދަ ކުރާ އާއި ޕިކަޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި.
23:01 ބައެއް ދިމަ ދިމާއިން ފުލުހުންނާ މުޒާހަރާގެ ބައިވެރިންނާ ދެމެދު ކުރިމަތިލުންތައް ހިނގަމުން އެބަދޭ. އަދިއެއް ރަޔަޓް ގިޔަރު ފުލުހުންނެއް ނުފެނޭ. މިރޭ އެގޭރަ ޖެހުމުގެ މާކުރިން މަޖީދީ މަގުގެ އެ ސަރަހައްދުގެ ފިހާރަތައް ވަނީ މާ ކުރިން ބަންދުކޮށްފައި
22:58 އެ ސަރަހައްދަށް ވަރަށް ގިނަ މީހުން ވެސް އަތުވެއްޖެ. އެކްޓިވިސްޓުން ވެސް ގިނަވަމުންދަނީ. އެ ސަރަހައްދު ބަންދު ކުރުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުން. މިހާރު ވެސް އެސަރަހައްދު ދޫކޮށްލުމަށް އަންގަމުން އެބަދޭ. މިރޭގެ މުޒާހަރާގައި ކުރިން އެއްވެފައި ވަނީ މުލިއާގެ ކައިރިއަށް ނަމަވެސް 10 މިނެޓްތެރޭގައި ވަނީ ރޫޅާލާފައި
22:57 ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއެކު ވަރަށް ގިނަ އަދަދެއްގެ މީހުން ޗާންދަނީ މަގު ޖަންކްޝަން ކަންމައްޗާ ހަމައަށް ދަތުރުކޮށްފި. ފުލުހުން ވަނީ ތައްޔާރީ ހާލަތުގައި ފުލުހުންގެ ފައުޖުތައް ވަނީ ގިނަކޮށްފައި. މިރޭ މުޒާހަރާ ފެށީ އާޓިފިޝަލް ބީޗާއި ސުނާމީ ބިނާ ކައިރީގައި ނޫނީ މުޒާހަރާކޮށްގެން ނުވާނެ ކަމަށް ފުލުހުން އަންގާފައި ވަނިކޮށް
22:50 ފުލުހުންގެ ފައުޖުތައް ވަނީ ވަރަށް ވަރުގަދްކޮށްފައި. މިހާރު މުޒާހަރާގެ ބައިވެރިވެން އެމީހުންގެ ތަހުރީރު މައިދާނަށް ދިއުމަށް ދިއުމަށް މަސައްކަތް ކުރަމުން. ވަރަށް ގިނަ ބަޔަކަށް މިހާރު ވެސް ވަނީ އަނިޔާވެފައި. ހަތަރު ސަތޭކައަޢްވުރެ ގިނަ މީހުން މިހާރު ވެސް މުޒާހަރާ ކުރަމުން އެބަދޭ
22:50 މުޒާހަރާގެ ބައިވެރިން ގޮވާލަމުން ދަނީ މުޒާހަރާގެ ލީޑަރު އުމަރު ނަސީރު ދޫކޮށްލުމަށް
22:48 ތަކެތީގެއަގުތައް އުފުލުލާ ދެކޮޅަށް ސިލްސިލާ ގޮތެއްގައި ކުރަމުން ގެންދާ މުޒާހަރާ އަށް އާޓިފިޝަލް ބީޗް ސަރަހައްދުން ފެށި މުޒާހަރާ ރޫޅައިލުމުން މިހާރު މުލިއާގޭ ކައިރިއަށް އެއްވުމަށް މަސައްކަތް ކުރަމުން އެބަދޭ