11 Apr 2016, 14:50
ނިއުދިއްލީން: އަހުމަދު ސާއިލް އަލީ
ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ގިނަ އެއްބަސްވުންތަކެއްގައި މިއަދު ސޮއިކޮށްފި އެވެ.
ނިއުދިއްލީގެ ހައިދަރު އާބާދު ހައުސްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ހައިކޮމިޝަނަރު އަހުމަދު މުހައްމަދު ސޮއިކުރެއްވި އިރު އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާގެ ފޮރިން ސެކަޓަރީ އެވެ.
މިއަދު ސޮއިކުރެވުނު އެއްބަސްވުންތައް
ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުގެ ދާއިރާ އިން ނެގޭ ޑަބަލް ޓެކްސް ދަށް ކުރުން
- ޓެކްސްއާ ގުޅުން ހުރި ދާއިރާތަކުން މައުލޫމާތު ހިއްސާ ކުރުން
- ރާއްޖޭގެ މިސްކިތްތައް މަރާމާތު ކުރުމާއި ރާއްޖޭގައި ސާވޭތައް ކުރިއަށް ގެންދިއުން
- ޓޫރިސްޒަމްގެ ދާއިރާ އިން ދެގައުމުން ކޯޕަރޭޓް ކުރުން
- އޯބިޓް ފުރެކުއެންސީ ކޯޑިނޭޓުކުރުން
- އަސްކަރީ ދާއިރާ އިން އެހީތެރިކަން ފޯރުކޮށްދިނުން
އެއެއްބަސްވުންތަކުގައި ސޮއިކުރައްވާފައިވާ އިރު މިއަދު ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޝުޝްމާ ސަވަރާޖު އާއި ނަރަންދުރަ މޯޑީއާއި ރައީސް އަބްދުﷲ ޔާމީން ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފަ އެވެ.