ވޯލްޑް ޓްރެވަލް އެވޯޑްގެ ނަމުގައި ދެމުން އަންނަ، މުޅި ދުނިޔޭގެ ޓޫރިޒަމް ދާއިރާގެ ފަހުރުވެރި އެވޯޑްތަކެއް އިންޑިއާ ކަނޑުގެ ސަރަހައްދުގެ ކެޓަގަރީން ރާއްޖެ ހޯދައިފި އެވެ.

އެ އެވޯޑްގައި އިންޑިއާ ކަނޑުގެ ކެޓަގަރީގެ ޖުމްލަ 12 އެވޯޑެއް ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކަކުން ވަނީ ހޯދާފަ އެވެ.

ރާއްޖެއިން މި ވަނަތައް ހޯދާފައި ވަނީ އިންޑިއާ ކަނޑުގައި ޓޫރިސްޓުންގެ މެދުގައި މަގުބޫލު މަންޒިލްތައް ކަމަށްވާ ސީޝެލްސް އަދި މޮރިޝަސް ފަދަ ގައުމުތަކާ ވާދަކޮށްގެނެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގައި ރާއްޖެއިން ހޯދި އެވޯޑްތައް:

  • އިންޑިއަން އޯޝަން ލީޑިން ޑެސްޓިނޭޝަން

  • އިންޑިއަން އޯޝަން ލީޑިން ޑައިވް ޑެސްޓިނޭޝަން
  • އިންޑިއަން އޯޝަން ލީޑިން ބީޗް ޑެސްޓިނޭޝަން
  • އިންޑިއަން އޯޝަން ލީޑިން ހަނީމޫން ޑެސްޓިނޭޝަން

އެ އެވޯޑްތަކުގެ އިތުރުން ވެސް ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ވަކިވަކި ފަރާތްތަކުން ވެސް ވަނީ ގިނަ އެވޯޑްތަކެއް ހޯދާފަ އެވެ. އޭގެ ތެރޭގައި:

  • އިންޑިއަން އޯޝަން ލީޑިން އެއާޕޯޓް: އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)

  • އިންޑިއަން އޯޝަން ލީޑިން ޑައިވް ރިސޯޓް: ކޮންސްޓެންސް މޫފުށި
  • އިންޑިއަން އޯޝަން ލީޑިން ފެމިލީ ރިސޯޓް: ސަން ސިޔާމް އިރުފުށި
  • އިންޑިއަން އޯޝަން ލީޑިން ހޮޓެލް: ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް
  • އިންޑިއަން އޯޝަން ލީޑިން ހޮޓެލް ސުއިޓް: ރޯޔަލް އައިލެންޑް ސުއިޓް އެޓް ޖޭއޭ މަނަފަރު
  • އިންޑިއަން އޯޝަން ލީޑިން ލޭޝާ ހޮޓެލް: ހުޅުލެ އައިލެންޑް ހޮޓެލް
  • އިންޑިއަން އޯޝަން ލީޑިން ލަގްޒަރީ ވޯޓާވިލާ: އޯޝަން ޕެވިލިއަން އެޓް ޕާ އެކިޔުން ހުވަފެންފުށި
  • އިންޑިއަން އޯޝަން ލީޑިން އެމްއައިސީއީ ހޮޓެލް: ކުރުބާ މޯލްޑިވްސް
  • އިންޑިއަން އޯޝަން ލީޑިން ނިއު ރިސޯޓް: އާވީ ނޭޗާސް ޕެރަޑައިސް
  • އިންޑިއަން އޯޝަން ލީޑިން ސީޕްލޭން އޮޕަރޭޓާ: ޓްރާންސް މޯލްޑިވިއަން އެއާވޭސް
  • އިންޑިއަން އޯޝަން ލީޑިން ޓްރެވަލް އެޖެންސީ: ވާމިލިއަން އިންޓަނޭޝަނަލް މޯލްޑިވްސް
  • އިންޑިއަން އޯޝަން މޮސްޓް ރޮމޭންޓިކް ރިސޯޓް: ބަރޮސް މޯލްޑިވްސް

މީގެ 23 އަހަރު ކުރިން، 1993 ވަނަ އަހަރު ދޭންފެށި ވޯލްޑް ޓްރެވަލް އެވޯޑްސް އަށް "އިންޑިއާ ކަނޑުގެ ސަރަހައްދު" މި ކެޓަގަރީ އިތުރުކޮށްފައި ވަނީ 2003 ވަނަ އަހަރު އެވެ. އޭގެ ފަހުން ކޮންމެ އަހަރަކު ވެސް ރާއްޖެއިން އަންނަނީ ވޯލްޑް ޓްރެވަލް އެވޯޑްސްގައި ފާހަގަކޮށްލެވޭ ވަނަތަކެއް ހޯދަމުންނެވެ.