ހުޅުމާލޭގެ "އީވް" ގެސްޓްހައުސްގެ ތިޖޫރީއެއް ފައިސާ އާއެކު ވަގަށް ނަގައިފި އެވެ.

ފުލުހުން ބުނީ، ހުޅުމާލެ "އީވް" ގެސްޓްހައުސްގެ ތިޖޫރީއެއް ފައިސާ އާއެކު ވަގަށް ނަގާފައިވާކަމުގެ މައްސަލައެއް މިއަދު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެހެންނަމަވެސް އެ ތިޖޫރީގައި ހުރީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އަދި އެ މައްސަލާގައި މީހަކު ހައްޔަރު ކުރި ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ފުލުހުން ބުނީ، އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ހުޅުމާލޭގައި ހުންނަ "ވޯޓާ ލިލީ" ފުލެޓުގެ އެޕާޓްމަންޓަކުން އިއްޔެ ވެސް ވަނީ ގިނަ އަދަދެއްގެ ފައިސާ ހުރި ތިޖޫރީއެއް ވަގަށް ނަގައިފަ އެވެ.