ކޮމަންވެލްތުގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ޑރ. ޖޯސެފައިން އޮޖިއަމްބޯ ރާއްޖޭގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާ ބައްދަލު ކުރައްވައިފި އެވެ.

ފޮރިން މިނިސްޓްރީގައި އިއްޔެ ބޭއްވި އެ ބައްދަލުވުމުގައި، ކޮމަންވެލްތުގައި ރާއްޖޭގެ ދައުރާއި ރާއްޖޭގެ ތަރައްގީ އަށް މިހާރު ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ފޮރިން މިނިސްޓަރު ވަނީ ކޮމަންވެލްތުގެ ޑެޕިއުޓީ ސެކްރެޓަރީ އަށް އަރުވައިފަ އެވެ.

އެ ބައްދަލުވުމުގައި ކޮމަން ވެލްތުގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ވަނީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ކޮމްންވެލްތުގެ ޑެޕިއުޓީ ސެކެރެޓަރީ ޖެނެރަލް ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ސަރުކާރުގެ ވެރިންނާއި ސިޔާސީ އެހެން ފަރާތްތަކާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.