09 Apr 2016, 12:41
ހުޅުމާލޭގައި ހުންނަ "ވޯޓާ ލިލީ" ފުލެޓުގެ އެޕާޓްމަންޓަކުން ގިނަ އަދަދެއްގެ ފައިސާ ހުރި ތިޖޫރީއެއް ވަގަށް ނަގައިފި އެވެ.
ފުލުހުން ބުނީ، ހުޅުމާލޭ ވޯޓާ ލިލީ އެޕާޓްމަންޓަކުން ގިނަ އަދަދެއްގެ ދިވެހި ރުފިޔާ އާއި ޑޮލަރު ވަގަށް ނަގަފައިވާ ކަމުގެ މައްސަލައެއް މިއަދު ހެނދުނު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ނަމަވެސް ވަގަށް ނަގާފައި ވަނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ފުލުހުން ބުނީ، އެ އެޕާޓުމަންޓަށް ވައްކަން ކޮށްފައި ވަނީ މީހުން ނޫޅޭ ކޮޓަރިއެއްގެ ކުޑަ ދޮރު ހުޅުވާފަ ހުއްޓާ ކުޑަދޮރުން ވަދެގެން ކަމަށެވެ.
އެ މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެ އެވެ.