09 Apr 2016, 09:33
ނިދަން އުނދަގޫވެ، ހަމަނިދި ނުލިބޭނަމަ ދިރިއުޅުމުގެ ވަރަށް ގިނަ ކަންތައްތަކަށް ބުރޫ އަރަ އެވެ. އެގޮތުން ވަޒީފާ އަށް ދޭންވާ ސަމާލުކަން ނުދެވުމާއި މަސައްކަތްތަކަށް ފަރުވާ ކުޑަވުމާއި ކިޔެވުމަށާއި ކެއުމަށް ވެސް ދޭންވާ ސަމާލުކަމެއް ނުދެވެ އެވެ.
އެފަދަ ފަރާތްތަކުން ތަފާތު ވައްތަރުގެ "ސްލީޕިންގް ޕިލްސް" ބޭނުން ކުރެ އެވެ. އެހެންނަމަވެސް އެއީ އެކަމަށް އޮތް ދާއިމީ ހައްލެއް ނޫނެވެ. ހަމައެއާ އެކު، ނިދާ ބޭސް ބޭނުން ކުރުމަކީ އެހެނިހެން ތަކުލީފުތައް ނުވަތަ ސައިޑް އިފެކްޓުތައް ވެސް ތަހައްމަލު ކުރަން ޖެހޭ ކަމެކެވެ.
އެހެންކަމުން ހަމައެކަނި، ޑޮކްޓަރީ ބޭސްތަކަށް ބަރޯސަވެގެން ފަރު ޖެހޭކަށް ނެތެވެ. އެކަމަށް އެހެން ހައްލެއް ވެސް ބޭނުންވެ އެވެ.
އެގޮތުން ބަލާ އިރު، އެސްޕެރެގަސްގެ ޖޫހަކީ އެކަމަށް އޮތް ހައްލެކެވެ. އެހެންކަމުން އެސްޕެރެގަސް ޖޫސް ތައްޔާރު ކުރާ ގޮތަށް ބަލާލާނަމެވެ.
ބޭނުންވާ ތަކެތި:
ނުވަ އެސްޕެރެގަސް
- ދެ ސެލެރީ ސްޓޯލްކް
- އެއް ކިއުކަމްބަ
- އެއް ފެހި އާފަލު
- އިނގުރުކޮޅެއް
ތައްޔާރު ކުރާނެ ގޮތް:
އެސްޕެރެގަސްތައް ފެން އެއްޗަކަށް އަޅާފަ ފަސް ވަރަކަށް މިނެޓު ބަހައްޓާށެވެ. އެއަށް ފަހު، ކިއުކަމްބާ، އާފަލު، އިނގުރު، ސެލެރީ ސްޓޯލްކް ކުދިކޮށް ކޮށާލުމަށް ފަހު ރަނގަޅަށް ގުރައިންޑުކޮށްލާށެވެ.
ނޯޓު: މި ތައްޔާރު ކުރި ބުއިން ބޭނުން ކުރަން އެންމެ ރަނގަޅީ މެންދުރުގެ ކެއުމަށް ފަހުގަ އެވެ.
މައުލޫމާތު: 1މިލިއަން ހެލްތު ޓިޕްސް