މާލޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒަޚަމްވި ދެ މީހަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފި އެވެ.

އެ އެކްސިޑެންޓު ހިނގާފައި ވަނީ މިރޭ 12:10 އެހައިކަންހާއިރު މަޖިދީމަގު ކެލަމް ފިހާރަ ކުރިމަތިންނެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، "މެގަޗިޕް ކައިރިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި ހިނގި އެ އެކްސިޑެންޓުގައި ދެ މީހަކަށް ވަނީ އަނިޔާވެފައި" ކަމަށެވެ.

މަޖީދީމަގު ކެލަމް ފިހާރަ ކުރިމަތީގައި މިރޭ ހިނގި އެކްސިޑެންޓުގައި ޒަހަމްވި މީހެއްގެ ހަށިގަނޑުން އޮހޮރިފައި ހުރި ލޭ ---- ސަން ފޮޓޯ: އަހްމަދު މުޖުތަބާ

އޮފިޝަލް ވިދާޅުވީ، އެކްސިޑެންޓުގައި ޒަޚަމްވި ދެ މީހުންނަށް އޭޑީކޭ ހޮސްޕިޓަލް ގައި ފަރުވާދެމުން އަންނަ ކަމަށާއި އެމީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ނޭނގޭ ކަމަށެވެ.

މަޖީދީމަގު ކެލަމް ފިހާރަ ކުރިމަތީގައި މިރޭ ހިނގި އެކްސިޑެންޓުގައި، ދުއްވާފައި ދިޔަ ސައިކަލުން ޖެހި ސަރަހައްދުގައި ހުރި ބައެއް ސައިކަލްތައް ވެއްޓިފައި، އަދި ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަނީ ---- ސަން ފޮޓޯ: އަހްމަދު މުޖުތަބާ

މިކަމާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލްގެ ބަހެއް އަދި ލިބޭގޮތް ނުވެއެވެ.