ކްލިކް ކޮލެޖްގެ ސްޓޫޑަންޓް އެސޯސިއޭޝަންގެ 14 ވަނަ ފުޓްސަލް މުބާރާތް މިއަދު ހެނދުނު ލޮރެންޒޯ ދަނޑުގައި ފަށައިފި އެވެ.

ކްލިކް ކޮލެޖްގެ ސްޓޫޑަންޓް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ އެ މުބާރާތުގައި 11 ޓީމެއް ބައިވެރިވާއިރު، އޭގެ ތެރޭގައި ފިރިހެން އަށް ޓީމާއި އަންހެން ތިން ޓީމު ހިމެނެ އެވެ. އޭގެ ތެރޭގައި ދަރިވަރުންގެ ހަ ޓީމާއި ލެކްޗަރާޒް ޓީމަކާއި މެނޭޖްމަންޓުގެ ޓީމެއް ވެސް ބައިވެރިވެ އެވެ.

ކްލިކް ކޮލެޖްގެ ފުޓްސަލް މުބާރާތުގެ މައިގަނޑު މަޤްސަދަކީ ދަރިވަރުންގެ މެދުގައި އެކުވެރިކަން އާލާކޮށް ގުޅުން ބަދަހިކުރުން ކަމަށް ކްލިކް ކޮލެޖްގެ ސްޓޫޑަންޓް އެސޯސިއޭޝަނުން މައުލޫމާތުދެ އެވެ.

މުބާރާތް ދެ ދުވަހަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ. އެ މުބާރާތުގެ ޗެމްޕިއަން ޓީމު އަދި ކުޅުންތެރިންނަށް އިނާމު ދިނުމަށް ހަމަޖެހިފައިވެ އެވެ. ކްލިކް ކޮލެޖްގައި ކޮންމެ ސެމިސްޓާއެއްގައި ވެސް އެ މުބާރާތް ބާއްވަމުންދެ އެވެ.