Last Updated:
10 year 8 month ago

ނޫސްވެރިކަމުގެ މިނިވަންކަމަށް ގޮވާލައި ކުރިއަށް ގެންދިޔަ "ހިމޭން ހިނގާލުން" ނިންމާލައިފި

    ބުލޮގު ޚުލާސާ

    ނޫސްވެރިކަމުގެ މިނިވަން ކަމަށް ގޮވާލައި ރާއްޖޭގެ ނޫސްވެރީން ކުރިއަށް ގެންދާހަމަހިމޭން ހިނގާލުމުގެލައިވް ކަވަރޭޖަށް މަރުހަބާ!

    18:04

    ދިވެހިރާއްޖޭގެ ނޫސްވެރިންނަށް މި ވަގުތު ކުރިމަތިވެފައިވާ ހުރަސްތަކާއި، ބިރުދެއްކުމުގެ އަމަލުތަކާ އެކު ބިރުވެރި މާހައުލެއް އުފެދިފައިވާތީ ކަންބޮޑުވާކަން ފާޅުކޮށް، ދިވެހި ދައުލަތުގެ އެންމެހާ އިސް ވެރިންނަށް ދިވެހި ނޫސްވެރީންގެ ފަރާތުން ހުށަހަޅާން ތައްޔާރުވަމުންދާ ޕެޓިޝަން އިއްވުމަށްފަހު،"ހިމޭން ހިނގާލުން"ނިންމާލައިފި.

    18:04

    ނޫސްވެރީންގެ ޕެޓިޝަންގައި ވާ ކަންތައްތަކުގެ ތެރޭގައި؛

    • ކޯޓުތަކުގެ އަޑުއެހުންތަކަށް ބައެއް މީޑިއާތަކަށް ނުވަދެވޭ ގޮތަށް ހެދުމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިވެންޓްތަކަށް އަމިއްލަ މީޑިއާތަކުގެ ނޫސްވެރިންނަށް ފުރުސަތު ނުދިނުމާއި، ވަކިވަކި މީޑިއާތައް އެކަހެރިކުރުމަށް ކުރެވޭ ކަންކަން އަދި ޖުމްލަކޮށް މިނިވަން ނޫސްވެރިކަމަށް ދައުލަތުގެ މުއައްސަސާތަކުން އަޅަމުންދާ ހުރިހާ ހުރަހެއް ނައްތާލަން ގޮވާލުން.

    18:03

    ނޫސްވެރީންގެ ޕެޓިޝަންގައި ވާ ކަންތައްތަކުގެ ތެރޭގައި؛

    • ނޫސްވެރިކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ތެރެއިން މި ސަރުކާރުގެ ވެރިކަމުގައި މިހާތަނަށް ހައްޔަރުކޮށްފައިވާ 24 ނޫސްވެރިންނާ ދެކޮޅަށް ބަލަމުންދާ މައްސަލަތައް ހުއްޓާލާ، އެނޫސްވެރިންނާ ދެކޮޅަށް ދަޢުވާނުކުރުމަށް ގޮވާލުން.

    18:02

    ނޫސްވެރީންގެ ޕެޓިޝަންގައި ވާ ކަންތައްތަކުގެ ތެރޭގައި؛

    • ރާއްޖޭގައި ނެރެމުން އަންނަ އެންމެ ދުވަސްވީ ދުވަހު ނޫސް އަދި އޮންލައިން ކަމަށްވާ "ހަވީރު"ގެ މިލްކިއްޔާތާ މެދު އުފެދިފައިވާ މައްސަލަ ރާއްޖޭގެ އެންމެ މަތީ ކޯޓުގެ އިސްތިއުނާފް މަރުހަލާގައި ވަނިކޮށް، ދަށު ކޯޓުން ނިންމި ނިންމުމަކާ ގުޅިގެން އެ ނޫސް ހުއްޓިފައި އޮންނަން ޖެހުމަކީ ދިވެހި ނޫސްވެރިން ނުހަނު ކަންބޮޑުވާ ކަމެއް.

    • މަޢުލޫމާތު ހޯދައި ލިބިގަތުމަކީ ދިވެހި ރައްޔިތުންނަށް ލިބިދޭ ހައްގަކަށް ވާއިރު ވިޔަފާރީގެ މުޢާމަލާތެއްގެ މައްސަލައާ ގުޅިގެން، އެ ހައްޤުން ރައްޔިތުން މަހުރޫމްވާ ފަދަ ގޮތަކަށް، ރާއްޖޭގެ އެންމެ ގިނަ ބަޔަކު ބޭނުންކުރާ އެއް މީޑިއާ ހުއްޓިފައި އޮންނަން ޖެހިފައި އޮތް އޮތުން ނިމުމަކަށް ގެނެސްދޭން މެދުވެރިއެއްގެ ދައުރު ދައުލަތުން އަދާކުރުމަށް ގޮވާލުން.
    18:00

    ނޫސްވެރީންގެ ޕެޓިޝަންގައި ވާ ކަންތައްތަކުގެ ތެރޭގައި؛

    • ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ”އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބިލް“ އަކީ އޭގެ ސަބަބުން ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ވަރަށް ހަނިކޮށްފައިވާ ބިލެއް ކަމުން، އެބިލް ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލަން ގޮވާލުން.

    17:59

    ހިނގާލުން ނިންމާލުމުގެ ކުރީން މިހާރު ނޫސްވެރީން ގެންދަނީ ދައުލަތުގެ މުއައްސަސާ ތަކަށް ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ޕެޓިޝަން އިއްވަމުން.

    17:58

    ފުލުހުންގެ ހުރަސްއެޅުމާއެކު، ނޫސްވެރީންނަށް ހިމޭންކަމާއެކު ހިނގާލުން ކުރިއަށް ނުގެންދެވުމުން އެ ހިނގާލުން ނިންމާލުމަށް ދިވެހި ނޫސްވެރީން މިހާރު ދަނީ ތައްޔާރުވަމުން.

    17:50

    ނޫސްވެރިންގެ ކަންބޮޑުވުންތަކުގެ ތެރޭގައި:

    • މީޑިއާތަކާއި ނޫސްވެރިންނަށް ހުރަސް އަޅާ، ބިރުދެއްކުމަށް ގޭންގްތަކާއި، ދީނީ އަދި ސިޔާސީ ގޮތުން ހައްދުފަހަނައަޅާފައިވާ ފަރާތްތަކުން ދެމުންދާ ނަފްސާނީ އަދި ޖިސްމާނީ ހަމަލާތައް، ހުއްޓުވަން ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުން އެކަށީގެންވާ ފިޔަވަޅުތައް ނާޅާމައްސަލަ.

    17:48

    ނޫސްވެރިންގެ ކަންބޮޑުވުންތަކުގެ ތެރޭގައި:

    • މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނުން ރާއްޖެޓީވީ އަދި ސަންގުޓީވީއާ ދެކޮޅަށް ބަލަމުންދާ މައްސަލަތައް މިނިވަންކަމާ އެކު ވަކި ފަރާތަކަށް ނުޖެހި، ކަމުގެ ހަގީގަތަށް ބުރަވެ ތަހުޤީޤުކޮށް ނިންމުން.

    • ސަންގުޓީވީގެ އިކުއިޕްމަންޓްތައް ފުލުހުން ގެންގޮސްފައިވާތާ އެތައް ދުވަހެއް ވެފައިވާއިރު، އެތަކެތި ރައްދުކޮށްފައިނުވާތީވެ، އެކަން އަވަސްކޮށްދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް އަދި މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނުން މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ގޮވާލުން.
    • #LIVE: MV Journalists Press freedom Silent March

      Posted bysun.mvon Friday, April 8, 2016

    17:44

    ނޫސްވެރިންގެ ކަންބޮޑުވުންތަކުގެ ތެރޭގައި:

    • ބްރޯޑްކާސްޓަރުން ރެގިއުލޭޓްކުރާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ސިޔާސީ ޕާޓީއެއްގެ އެކްޓިވިސްޓުން އައްޔަނުކޮށްފައި ތިބުމަކީ، އެކޮމިޝަންގެ މުސްތަގިއްލުކަމާ މެދު ސުވާލު އުފެދޭނެ ކަމެއްކަމަށް ގަބޫލުކުރެވޭތީ އާއި، އެކަމާ މެދު މިހާރުވެސް ރައްޔިތުންގެ މެދުގަ އާއި ނޫސްވެރީންގެ މެދުގައި ނުހަނު ކަންބޮޑުވުން އުފެދިފައި އޮތުމުން، އެ މުއައްސަސާގެ މުސްތަގިއްލުކަމާ މެދު ސުވާލު ނުއުފެދޭނެ ގޮތަކަށް އެކަން އިސްލާހުކުރަން އަވަސް ހައްލެއް ގެނައުން.

    #LIVE: MV Journalists Press freedom Silent March

    Posted bysun.mvon Friday, April 8, 2016

    17:40

    މިހާރު ކުރިއަށްދާ ހިމޭން ހިނގާލުމުގައި ރާއްޖޭގެ މީޑިއާތަކުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވާ.

    ނޫސްވެރީންގެ މިނިވަންކަމަށް ގޮވާލައި ރާއްޖޭގެ ނޫސްވެރިން މިއަދު ކުރިއަށް ގެންދާ ހިނގާލުމުގެ ތެރޭން -- ފޮޓޯ: އިސްމާއީލް
    17:37

    ނޫސްވެރީންގެ ޕެޓިޝަންގައި ވާ ކަންތައްތަކުގެ ތެރޭގައި؛

    • މީޑިއާއަށް ކުރިމަތިވެފައިވާ ބިރުދެއްކުމުގެ ޢަމަލުތަކާއި، ހަމަލާތަކުގެ މައްސަލަތައް ތަހުޤީޤުކޮށް، އެކަމުގެ ފަހަތުގައިވާ ފަރާތްތަކާ ދެކޮޅަށް ދަޢުވާކޮށް، އިންސާފުގެ ކުރިމައްޗަށް ގެންނަން ގޮވާލުން.

    • މީގެ ތެރޭގައި ރާއްޖެޓީވީގެ ކުރީގެ ނިއުސް ހެޑް އިބްރާހިމް ވަހީދު (އަސްވާޑް) އަށް ދިން މަރުގެ ހަމަލާ އާއި، ރާއްޖެޓީވީގެ ސްޓޫޑިއޯ އަދި މާސްޓާ ކޮންޓްރޯލް ރޫމް އަންދާލި މައްސަލަ އާއި ދިޓީވީ، ވީޓީވީ އަދި މިނިވަން ނިއުސްއަށް ދިން ހަމަލާތައް ހިމެނޭ.
    17:33

    ނޫސްވެރީންގެ ޕެޓިޝަންގައި ވާ ކަންތައްތަކުގެ ތެރޭގައި؛

    • ވަގަށް ނަގާފައިވާ މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުالله ގެ މައްސަލައިގެ ފުރިހަމަ އަދި މިނިވަން ތަހުޤީޤެއްކޮށް، މި މައްސަލާގައި ކުށްވެރިވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އެޅުން.

    17:31

    މިއަދު ހިމޭން ހިނގާލުމެއް ކުރިއަށް ގެންދާއިރު، ނޫސްވެރީން ދަނީ ދައުލަތުގެ މުއައްސަސާތަކަށް ހުށަހެޅުމަށް ޕެޓިޝަނެއް ވެސް ތައްޔާރުކުރަމުން.

    ނޫސްވެރީންގެ މިނިވަންކަމަށް ގޮވާލައި ރާއްޖޭގެ ނޫސްވެރިން މިއަދު ކުރިއަށް ގެންދާ ހިނގާލުމުގެ ތެރޭން -- ފޮޓޯ: އިސްމާއީލް
    17:28

    އަލީ ޔޫސުފުގެ ވާހަކައަށް ފަހު، މިހާރު ވާހަކަ ދައްކަނީ، "ހުއްޓިފައިވާ" ހަވީރު ނޫހުގެ ނޫސްވެރިޔާ ނާފިޒް. އޭނާގެ ވާހަކައިގައި"އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބިލް"ސަބަބުން މިނިވަން ނޫސްވެރިކަމަށް ވަރަށް ބޮޑެތި ހުރަސްތަކެއް އެޅޭނޭކަން ފާހަގަކުރި.

    17:26

    މިހާރު ނޫސްވެރީން ދަނީ، ޖެލީ ޕިއްޒާ ކަންމަތީ ތިބެގެން، ޝުއޫރު ފާޅުކުރަމުން. އެގޮތުން މިހާރު ވާހަކަ ދައްކަނީ ރާއްޖެ ޓީވީގެ ފަރާތުން އަލީ ޔޫސުފް.

    17:14

    މިހާރު ނޫސްވެރިކަމަށް ކުރިމަތިވާން އުޅޭ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށްވާ، ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހެޅިފައިވާ"އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބިލް"ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލުމަށް ދިވެހި ނޫސްވެރިން ދަނީ ގޮވާލަމުން.

    ނޫސްވެރީންގެ މިނިވަންކަމަށް ގޮވާލައި ރާއްޖޭގެ ނޫސްވެރިން މިއަދު ކުރިއަށް ގެންދާ ހިނގާލުމުގެ ތެރޭން -- ފޮޓޯ: އަޒްމީ
    17:10

    މިއަދު ރާއްޖޭގެ ނޫސްވެރީން ކުރިއަށް ގެންދާ ހަރަކާތުގައި ބޭނުންކުރަމުން ގެންދާ ލިޔުންތަކުގައި، "ބްރޯޑްކާސްޓިން ކޮމިޝަން މިނިވަން ވާންޖެހޭ"، "ރައްޔިތުންގެ މައުލޫމާތު ލިބުމުގެ ހައްގުގެ ދިފާއުގައި ނޫސްވެރީން"، ލިޔެވޭނެ، ލިޔާނަން، ޖާނަލިޒަމް އިން ނޮޓް އަ ކްރައިމް"، "ހަވީރު ނޫހަށް އިންސާފު ކޮބާ"، މިފަދަ އިބާރާތްތައް ހިމެނޭ.

    ނޫސްވެރީންގެ މިނިވަންކަމަށް ގޮވާލައި ރާއްޖޭގެ ނޫސްވެރިން މިއަދު ކުރިއަށް ގެންދާ ހިނގާލުމުގެ ތެރޭން -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ
    ނޫސްވެރީންގެ މިނިވަންކަމަށް ގޮވާލައި ރާއްޖޭގެ ނޫސްވެރިން މިއަދު ކުރިއަށް ގެންދާ ހިނގާލުމުގެ ތެރޭން -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ
    17:08

    ނޫސްވެރީންގެ ހަމަހިމޭން ހިނގާލުން،ސަންގެ ފޭސްބުކް ޕޭޖުންވަގުތުން މިހާރު ފެންނާނެ.

    17:05

    އެހެން ނަމަވެސް، ފުލުހުން ވަނީ، ހެންވޭރު ދަނޑުކައިރީން، ޖެލީ ޕިއްޒާއާ ވީ ހިސާބުން ބެރިކޭޑް ޖަހައި ނޫސްވެރިން ހުއްޓުވާފައި.

    ނޫސްވެރީންގެ މިނިވަންކަމަށް ގޮވާލައި ރާއްޖޭގެ ނޫސްވެރިން މިއަދު ކުރިއަށް ގެންދާ ހިނގާލުމުގެ ތެރޭން -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ
    17:03

    ނޫސްވެރީން މިހާރު ދަނީ ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅޭ ތަފާތު ޝުއޫރުތައް ފާޅުކޮށް ލިޔެފައިވާ ބޯޑުތައް ހިފައިގެން މަޖީދީ މަގުން ހުޅަނގަށް.

    17:02

    ހަމަހިމޭންކަމާއެކު ހިނގާލުމަށް ނޫސްވެރީން އާޓީފިޝަލް ބީޗު ސަރަހައްދަށް އެއްވި އިރު، އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުހުންވެސް ދަނީ ހަރަކާތްތެރިވަމުން.

    ނޫސްވެރީންގެ މިނިވަންކަމަށް ގޮވާލައި ރާއްޖޭގެ ނޫސްވެރިން މިއަދު ކުރިއަށް ގެންދާ ހިނގާލުމުގެ ތެރޭން -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ
    16:59

    ނޫސްވެރިކަމުގެ މިނިވަންކަމަށް ގޮވާލައި، މިއަދު ހަވީރު 4:30 ގައި ފެށުމަށް ހަމަޖެހިފައިވާ "ސައިލެންޓް މާޗް" މިހާރު އާޓިފިޝަލް ބީޗް ސަރަހައްދުގައި ފެށިގެން ކުރިއަށް ދަނީ.