09 Apr 2016, 12:07
ދުނިޔޭގެ މަޝްހޫރު އެޕަލް އަދި ސެމްސަން ކުންފުންޏާ ވާދަކުރެވޭނެ ބްރޭންޑަކަށް ހެދުމަށް ތަފާތު ފީޗާތަކަކާއެކު ޗައިނާގެ ސްމާޓްފޯން ކުންފުންޏެއް ކަމަށްވާ ހުއާވޭއިން އެ ކުންފުނީގެ އެންމެ ފަހުގެ ފޯން، ޕީ9 އަދި ޕީ9 ޕްލަސް ދައްކާލައިފި އެވެ.
އެލުމިނިއަމް އިން ހަދާފައިވާ އަދި އެޕަލް 6އެސް އަދި ގެލެކްސީ އެސް7 އަށްވުރެ، ތުނި އެ ފޯނުގެ އެންމެ ޝައުގުވެރި އެއް ފީޗާ އަކީ ފޯނުގެ ފަހަތުގައި ހިމެނޭ 12 މެގަޕިކްސެލްގެ ދެ ކެމެރާއެވެ.
ފޯނުން ފޮޓޯއެއް ނެގުމުން ކޮންމެ ކެމެރާއަކުން ވެސް ފޮޓޯއެއް ނެގުމަށްފަހު، ފޯނުގެ ސޮފްޓްވެއާ އަކުން ދެ ފޮޓޯ އެއްކޮށްލަދެ އެވެ. މި ފީޗާގެ ސަބަބުން ފޮޓޯ ނެގުމަށްފަހު ފޮޓޯ ރީފޯކަސް ކޮށްދީ، ފޮޓޯއަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ އެވެ.

ހުއާވޭ އިން އަލަށް ނެރުނު ޕީ9 އަދި ޕީ9 ޕްލަސް: އެ ފޯންތަކުގައި ދެ ކެމެރާ ހިމެނޭ ---
ހުއާވޭން ބުނާ ގޮތުން، ކެމެރާގައި ހިމެނޭ އާރުޖީބީ އަދި މޮނޯކްރޯމް ލެއިކާ ސެންސަރުގެ ސަބަބުން ފޮޓޯނެގުމަށް އައިފޯން 6އެސް އަށްވުރެއް 270 ޕަސެންޓް އަދި ގެލެކްސީ އެސް7 އަށްވުރެއް އިތުރަށް އަލި ބޭނުން ކުރާނެ އެވެ.
އެ ސެޓަޕް ހުއާވޭގެ ފޯންތަކަށް ގެނެސްފައި ވަނީ ޖަރުމަނުގެ ކެމެރާ އުފައްދާ ކުންފުނި، ލެއިކާއާ ގުޅިގެންނެވެ. ލެއިކާ އަކީ އެ ކުންފުނީގެ ހައި އެންޑް ލެސްތަކާއި ކެމެރާތަކަށް ދުނިޔޭގެ މަޝްހޫރު ކުންފުންޏެކެވެ.
ފިންގާ ޕްރިންޓް ސެންސާއެއް ހިމެނޭ އެ ފޯނުގެ ކުރިމަތީގައި ހިމެނެނީ 8 މެގަޕިކްސަލްގެ ކެމެރާއެކެވެ.
ހުއާވޭ ޕީ9ގެ ބައެއް ސިފަތައް:
2 އިންޗީގެ، 1080 ޕިކްސެލްގެ ޑިސްޕްލޭއެއް
- 128 ޖީބީ އާ ހަމައަށް މައިކްރޯއެސްޑީ ކާޑު ސަޕޯޓްކުރާނެ
- ފޯނުގައި 32 ޖީބީގެ ސްޓޯރޭޖެއް ހިމެނޭ
- 3000 މިލިއެމްޕްއަވާ ގެ ބެޓެރިއެއް ހިމެނޭ
- 4 ޖީބީގެ ރެމް
- ޕީ9ގެ ކުލަތައް: ގޯލްޑް، ރޯސް ގޯލްޑް، ގްރޭ، ސިލްވާރ
ޕީ9ގައި 5.2 އިންޗީގެ 1080 ޕިކްސެލްގެ ޑިސްޕުލޭއެއް ހިމެނޭއިރު، މިއީ އައިފޯން 6އެސް އެއްގެ ސްކްރީނަށްވުރެއް ބޮޑު ޑިސްޕުލޭއެކެވެ. އަދި ޕީ9 ޕްލަސްގައި 5.5 އިންޗީގެ ޑިސްޕުލޭއެއް ހިމެނެ އެވެ.

ހުއާވޭގެ ފަހުގެ ފޯން، ޕީ9 ---
މީގެ އިތުރުން އެ ފޯނުގައި 32 ޖީބީގެ ސްޓޯރޭޖެއް ހިމެނޭއިރު، ސްޓޯރޭޖް އިތުރުކުރުމަށް މައިކްރޯއެސްޑީ ކާޑު ބޭނުންކުރެވޭނެ އެވެ. ފޯނުގައި އެ ކުންފުނީގެ އަމިއްލަ، ކިރިން 955 ޕުރޮސެސާއަކާއެކު ހަތަރު ޖީބީގެ ރެމް އެއް ހިމެނޭއިރު، އެންޑްރޮއިޑް މާޝްމެލޯ އޯއެސްއާއެކު ދަތިތަކަކާ ނުލައި ފޯން ބޭނުން ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ޕީ9 ގެ ބެޓްރީއަށް ބަލާއިރު، ސެމްސަން ގެލެކްސީ އެސް7 ގައި ހިމެނޭ، 3000 އެމްޕްއަވަރުގެ ބެޓެރިއެއް އެ ފޯނުގައި ހިމެނެ އެވެ. އަދި ކިތަންމެ ވަރަކަށް ފޯނު ބޭނުންކުރި ނަމަވެސް 1.15 ދުވަހަށް އެ ފޯނުގެ ބެޓެރި ހިފަހައްޓާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.