ދުނިޔޭގެ ޓޭބަލް ޓެނިސް ދުވަހާ ގުޅިގެން ޓޭބަލް ޓެނިސް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބޭއްވި "އެންމެންނަށް ވެސް ޓޭބަލް ޓެނިސް" ހަރަކާތް ނިންމާލާފިއެވެ.

އެންމެންނަށް ވެސް ޓޭބަލް ޓެނިސްގެ ނަމުގައި އިއްޔެ ހަވީރު ރަސްފަންނު ސަރަހައްދުން ފެށި އެ ހަރަކާތް މެދު ކެނޑުމެއްނެތި 24 ގަޑިއިރު ކުރިއަށް ގެންދިއުމަށް ފަހު ނިންމާލީ މިއަދު ހަވީރު 5:30 ގައި ސޯޝަލް ސެންޓަރުގައި ހުންނަ ޓޭބަލް ޓެނިސް ހޯލުންނެވެ.

ދުނިޔޭގެ ޓޭބަލް ޓެނިސް ދުވަހާ ގުޅިގެން ޓޭބަލް ޓެނިސް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބޭއްވި "އެންމެންނަށް ވެސް ޓޭބަލް ޓެނިސް" ހަރަކާތުގެ ތެރެއިން --- ސަން ފޮޓޯ: މުއާވިއަތު އަންވަރު

އިއްޔެ ހަވީރު ރަސްފަންނުގައި ބޭއްވި ރަސްމިއްޔާތުގައި އެ ހަރަކާތް ރައީސް އަބްދުﷲ ޔާމީން ފައްޓަވައިދެއްވި އިރު އެ ރަސްމިއްޔާތުގެ ތެރެއިން ޔޫތު މިނިސްޓަރު ޒުހޫރު ވަނީ ވަގުތުކޮޅަކަށް ދުނިޔޭގެ ކުރީގެ ޓީޓީ ޗެމްޕިއަން ޖިއަންގް ޖިއަލިއަންގްއާ އެކު ޓީޓީ ކުޅުއްވައިފަ އެވެ.

ޗައިނާގެ ޖިއަންގް ޖިއަލިއަންގް އަކީ 80ގެ އަހަރުތަކުގައި ވޯލްޑް ޗެމްޕިއަންޝިޕް، ވޯލްޑް ކަޕް އަދި އޭޝިއަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދާފައިވާ ކުޅުންތެރިއެކެވެ.

ދުނިޔޭގެ ޓޭބަލް ޓެނިސް ދުވަހާ ގުޅިގެން ޓޭބަލް ޓެނިސް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބޭއްވި "އެންމެންނަށް ވެސް ޓޭބަލް ޓެނިސް" ހަރަކާތުގެ ތެރެއިން --- ސަން ފޮޓޯ: މުއާވިއަތު އަންވަރު

އެންމެންނަށް ވެސް ޓޭބަލް ޓެނިސްގެ ނަމުގައި ފެށި ހަރަކާތް ނިންމާލަމުން ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ރައީސް އަހުމަދު ލަތީފު ވިދާޅުވީ އެ ހަރަކާތަކީ މިހާތަނަށް ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ބޭއްވި އެންމެ ބޮޑު ހަރަކާތް ކަމަށާއި އެ އިވެންޓް ކާމިޔާބް ކަމާއި އެކު ގެންދެވުނީ ވަރަށް ގިނަ ބައެއްގެ އެއްބާރުލުމާއި އެކު ކަމަށެވެ.

"ރޭގެ ވަކި ހިސާބަކުން ހީވި މިކަން ނުވެދާނެ އޭ ވެސް. ނަމަވެސް މި ކަމުގައި ބައިވެރިވާ ގިނަ ބައެއްގެ ހީވާގި މަސަތްކަތުން މި ހަރަކާތް ފުރިހަމަ ކަމާއި އެކު މި ނިންމާލެވުނީ،" ލަތީފް ވިދާޅުވިއެވެ.