ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހެލްތު ސައިންސްގެ ދަރިވަރުންގެ ޖަމިއްޔާ "ހީލާރސް"އިން އިސް ނަގައިގެން، އެ ޔުނިވާސިޓީގެ ހުރިހާ ފެކަލްޓީއެއްގައި ހެލްތު ސްކްރީން ކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

"ސަން" އަށް މައުލޫމާތު ދެމުން، ހީލާރސް ޖަމިއްޔާގެ ނައިބު ރައީސް ފާތިމަތު އަނާ ބުނީ، އެޖަމިއްޔާއިން އިސް ނަގައިގެން ކުރިޔަށް ގެންދާ ހެލްތު ސްކްރީނިންގ ހަރަކާތް ފެކަލްޓީ އޮފް އެޑިއުކޭޝަނާއި، ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯޢާއި، ފެކަލްޓީ އޮފް ހޮސްޕިޓެލިޓި އެންޑް ޓުއަރިޒަމް ސްޓަޑީޒްގެ އިތުރުން ފެކަލްޓީ އޮފް ހެލްތު ސައިންސެސްގައި ކުރިޔަށް ދާ ކަމަށެވެ.

ގައުމީ ޔުނިވާސިޓީގެ ފެކަލްޓީތަކުގައި ކުރިޔަށް ދާ ހެލްތު ސްކްރީނިންގ ޕްރޮގްރާމް -- ފޮޓޯ/ހީލަރސް ޖަމިއްޔާ

އަދި މި ހަރަކާތުގައި ހަކުރު ބައްޔަށް ޓެސްޓު ކުރުމާއި، ބޮޑީ މާސް އިންޑެކްސް ބެލުމާއި، ސިއްހީ މައުލޫމާތު ދިނުން ފަދަ ކަންކަން ކުރިޔަށް ދާނެ ކަމަށް ހީލަރސްއިން މައުލޫމާތު ދެ އެވެ.

އަދި މި ހަރަކާތް ކުރިޔަށް ގެންދަނީ ފެކަލްޓީ އޮފް ހެލްތު ސައިންސެސްގެ ދަރިވަރުން ކަމަށް ވެސް ހީލަރސް ޖަމިއްޔާއިން ބުނެ އެވެ.

ހީލަރސް ޖަމިއްޔާ އިން ބުނީ އެ ހަރަކާތް މިއަދު ހެނދުނު 10:00 ގައި ފެށި މި ހަރަކާތް މިއަދު މެންދުރު 2:00 އާ ހަމައަށް ކުރިޔަށް ދާނެ ކަމަށެވެ.

މިއަހަރުގެ ދުނިޔޭގެ ސިއްހަތު ދުވަހުގެ ޝިއާރަކީ "ޕްރިވެންޓް، ޓްރީޓް، ބީޓް ޑައިބިޓީސް" އެވެ.