07 Apr 2016, 10:56
މާލޭގެ ދެ ސަރަހައްދެއްގައި ރޭ ހިންގި މާރާމަރީއެއްގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ ދަންވަރު މާރާމާރީ ހިންގާފައި ވަނީ ހެންވޭރުގައި ގާލް ގައިޑު އެސޯސިއޭޝަން ހުންނަ ސަރަހައްދުގައްޔާއި ގަލޮޅު މޫންކެފޭ ކައިރީގައި ކަމަށެވެ.
އެ މާރާމާރީގައި ޒަޚަމްވި ދެ މީހުންނަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށާއި އެމީހުންގެ ހާލު ރަނގަޅު ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ އެ ދެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.