07 Apr 2016, 09:50
(5 އޭޕްރިލްގެ އަދަދާގުޅޭ)
މުރައިސީޢު ހަނގުރާމަ
މުޞްޠަލިޤުވަންހައިގެ ރައީސްالحارثހީފުޅުކުރައްވައިގެން ހުންނެވިގޮތާ ޚިލާފަށް، ކައުސާހިބާصلّى اللّـه عليه وسلّمއެހާކުއްލިގޮތަކަށް އިސްލާމީ ލަޝްކަރާއިގެން ވަޑައިގެން އަލްމުރައިސީޢަށް ވެރިވެވަޑައިގަތުމުން އޭނާގެ ހިތްޕުޅަށްވަނީ އަމަށަކު ބިރުވެރިކަމެއް ނޫނެވެ. އެހެންކަމުން ޖަމާޢަތެއްގެ މީހުނާއެކު އޭނާ ފިލައިވަޑައިގެންނެވިއެވެ. މުޞްޠަލިޤުވަންހައިގެ މީހުން އެއްކޮށްގެން އުޅުން ޢަރަބި ޤަބީލާތަކުގެ އެތައްބަޔަކުވެސް ފިލައިގެން ހިނގައްޖެއެވެ.الحارث بن أبى ضرارއެހާބޮޑަށް ބިރުފުޅުގެން ވަޑައިގަތުމުގެ އެހެން ސަބަބެއްވެސް އޮތެވެ. އެއީ އޭނާ މުސްލިމުންގެ ޚަބަރު ހޯއްދަވަން ފޮނުއްވި ޖާސޫސަކު މުސްލިމުންގެ އަތްދަށުގައި ހައްޔަރުވެ އެމީހާ ޤަތުލުވުމެވެ.
الحارث بن أبى ضرارފިލާވަޑައިގެންނެވިކަމުގައިވިޔަސް، އޭނާގެ އެކޮއްކޮއާއި ޤަބީލާގެ މީހުން ކަނޑައެޅީ މުސްލިމުންނާ ދެކޮޅަށް ވަރުގަދަޔަކަށް ހަނގުރާމަ ކުރުމަށެވެ. އިސްލާމްދީނުގެ ނަބިއްޔާ
صلّى اللّـه عليه وسلّمހަނގުރާމަ ފެއްޓެވުމުގެ ކުރީން މުޞްޠަލިޤުވަންހައިގެ މީހުނަށް ހަތިޔާރު ބަހައްޓަން ނަސޭހަތްދެއްވިއެވެ. އިސްލާމްވުމަށް ދަޢުވަތު ދެއްވިއެވެ.عمر الفاروق رضى اللّـه عنهއަށް ވިދާޅުވިއެވެ. ޝަހާދަތުގެ ދެކަލިޔަ ކިޔުމަށް ދުޝްމިނުންނަށް ގޮވާލައްވާށެވެ. އޭރުން އެބައިމީހުންގެ ޖާނާއި މާލަށް އަމާންކަން ލިބޭނެކަމަށްވެސް އަންގަވާށެވެ.عمر رضى اللّـه عنهއެގޮތަށް ޢަމަލުކުރެއްވިޔެވެ.عمرގެފާނު ގޮވައިލެއްވިއެވެ.قُولُوالا إله إلاّ اللّـه، تمنعوابها انفسكم واموالكمނަމަވެސް މުޞްޠަލިޤުވަންހައިގެ މީހުންގެ ނަސީބު ދެރަކަމުން އެނަސޭހަތްޕުޅަކަށް ބޮލެއް ނުލެނބިއެވެ. އެމީހުން ހަނގުރާމަ އިޢުލާނުކޮށް އިސްލާމީ ލަޝްކަރާ ދިމާޔަށް ދުނިއުކާން ފެށިއެވެ. އެބައިމީހުން އުކިދުނީގެ ތެރެއިން ދުންޏެއް، މުސްލިމް މުޖާހިދެއްގެ ހަށިކޮޅަށް އަމާޒުވިއެވެ.
ކައުސާހިބާصلّى اللّـه عليه وسلّمއެހައިތަނުން އިސްލާމީ ލަޝްކަރު ހަނގުރާމަޔަށް ސަފުހެއްދެވިއެވެ. ސަފުތަކުގެ ތަރުތީބު ދެމެހެއްޓުމަށް އިރްޝާދު ދެއްވިއެވެ. ހަމައެއާއެކު މުޞްޠަލިޤުވަންހައިގެ މީހުންނާ އެކީއެކައްޗަކަށް ޙަމަލަދޭން އަމުރުކުރެއްވިއެވެ. މާގިނައިރެއްނުވެ މުޞްޠަލިޤުވަންހައިގެ މީހުން ބަލިވެއްޖެއެވެ. ދިހަމީހުން ޤަތުލުވެ، އެހެން އެންމެން ހައްޔަރުވެއްޖެއެވެ. ހައްޔަރުވި މީހުންގެ ޢަދަދަކީ ހަސަތޭކަ ކަމަށާއި، ހަތްސަތޭކަ ކަމަށް ރިވާޔަތްތައް ހުރެއެވެ. ހައްޔަރުވި މީހުންގެ ތެރޭގައި އެވަންހައިގެ ރައީސްالحارث بن أبى ضرارގެ ދަރިކަނބަލުންالسّيّدة برّة بنت الحارثވެސް ހިމެނިވަޑައިގެންނެވިއެވެ. ޤަތުލުވި މީހުންގެ ތެރޭގައި އެކަމަނާގެ ފިރިކަލުންمسافع بن صفوانވެސް ހިމެނުނެވެ. ހައްޔަރުވީ މީހުންގެ އިތުރަށް ދެހާސް ޖަމަލާއި ފަސްހާސް ބަކަރި މުސްލިމުންނަށް ޣަނީމާގެ ގޮތުގައި ލިބުނެވެ.
ޣަނީމާ ބެއްސެވުމުންالسّيّدة برّة بنت الحارثލިބިވަޑައިގަތީ މަޝްހޫރު އަންޞާރިއްޔަ ޞަޙާބީއެއްކަމުގައިވާثابت بن قيس بن الشّمّاس رضى اللّـه عنهއަށެވެ.السّيّدة برّةއަކީ ނުހަނު ހިތްވަރުފުޅުގަދަ ޢަޒުމުފުޅު ވަރުގަދަ ބޭކަނބަލެކެވެ. އަޅުވެތިކަމުގައި އިންނަވާކަށެއް އެކަމަނާގެ ހިތްޕުޅެއް ނުރުހުނެވެ. އެކަމަނާثابتއާ ވާހަކަދައްކަވައިގެން މުކާތިބު އަޅަކަށްވެވަޑައިގެންނެވިއެވެ.ثابتއެކަމަނާގެ މިނިވަންކަމުގެ އަގެއްކަމުގައި ކަނޑައެޅުއްވީ ނުވަ އޫޤިއްޔަތުގެ ރަނެވެ.السّيّدة برّةއެއަގާ ރުހިވަޑައިގެން އެއްބަސްވުމެއް އެކަށައެޅުއްވިއެވެ. ނަމަވެސް އެކަމަނާގެ އަތްޕުޅަކު އެވަގުތު އެއްވެސް އެއްޗެއްނެތެވެ. އެހެންކަމުން އެކަމަނާ ޤަޞްދުކުރެއްވީ މިނިވަންކަމުގެ އަގުއަދާކުރެއްވުމަށްޓަކައި މީހުންގެ އަތުން އެހީހޯއްދެވުމަށެވެ. އެކަމަނާ އެހީހޯއްދެވުމުގެ ބޭނުންފުޅުގައި، ކައުސާހިބާصلّى اللّـه عليه وسلّمގެ އަރިހަށް ވަޑައިގެންނެވިއެވެ.
برّة - أمّ المؤمنين
السّيّدة برّة بنت الحارثކައުސާހިބާصلّى اللّـه عليه وسلّمގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ.
"އޭ މާތްاللّـهގެ ރަސޫލާއެވެ. އަޅުގަނޑަކީ ބަނުލްމުޞްޠަލިޤުގެ ރައީސްގެ ދަރިފުޅެވެ. މިއަދު އަޅުގަނޑު މިވަނީ ރަނުގެ ތަޚްތަކުން ބިންމައްޗަށް ވެއްޓި، ހިރަފުހާ މޮޑެވިފައެވެ. ކަންމިހެން ހުރިކަމުގައިވިޔަސް، އަޅުގަނޑަށް މިނިކަމެތިކަމާ ރުހެވޭނީ ކިހިނަކުންތޯއެވެ. އަޅުގަނޑުގެ ސާހިބާ
ثابت بن قيسވަނީ ނުވަ އޫޤިއްޔަތުގެ ރަންދިނުމުން އަޅުގަނޑު މިނިވަންކޮށްދެއްވަން ވިދާޅުވެފައެވެ. އެކަމަކު އަޅުގަނޑު މިއަދު މިއިން ޙާލަތުން އަޅުގަނޑުފަދަ އާރެއްބާރެއްނެތް ނިކަމެއްޗަކަށް އެހާގިނަ ޢަދަދެއްގެ ރަން އަދާކުރެވޭނީވެސް ކިހިނަކުންތޯއެވެ. އެހެންކަމުން، ކަލޭގެފާނު އަޅުގަނޑަށް އެހީތެރިވެވަޑައިގެންދެއްވުން އެދެމެވެ."
މުސްލިމުންގެ ޙިކުމަތްތެރި ޤާއިދަށްالسّيّدة برّةއަކީ މުޞްޠަލިޤުވަންހައިގެ ރައީސުގެ ދަރިކަނބަލުންކަން އެނގިވަޑައިގަތުމުން، އެމާތް ސާހިބާ ޤަޞްދުކުރެއްވީ އެކަމަނާ މެދުވެރިކުރައްވައި މުޞްޠަލިޤުވަންހައިގެ މައްޗަށް އިތުރު ފަތަޙައެއް ހޯއްދެވުމަށެވެ. ހަނގުރާމައިގެ މައިދާނުގައި އެވަންހައިގެ މީހުންގެ ހަށިތަކާއި މުދާތައް ޣަނީމާކުރެއްވި ފަދައިން އެބައިމީހުންގެ ހިތްތަކާއި ސިކުނޑިތައްވެސް މިލްކުކުރެއްވުމަށެވެ. އެކަމުގެ ވަސީލަތެއްގެގޮތުން މުޞްޠަލިޤުވަންހައާ ދަނބިދަރިކަމުގެ ގުޅުމުން ގުޅިވަޑައިގަތުމަށެވެ. މުސްލިމުންނާއި މުޞްޠަލިޤުވަންހައާ ޅިޔަންފަހަރިކަމުގެ ގުޅުމުން ގުޅުއްވައިލެއްވުމަށެވެ.
އިތުރު ސާހިބާ ޙަދީޘުކުރެއްވިއެވެ. "ތިޔައަށްވުރެ މާރަނގަޅު ގޮތެއް އެބައޮތެވެ. އެގޮތަކީ އަހުރެން، ކަމަނާގެ އަގުއަދާކޮށް، ކަމަނާ މިނިވަންކޮށްދިނުމެވެ. އެއާއެކު ކަމަނާއާ ކާވެނިކުރުމެވެ."
السّيّدة برّةނުހަނު އުފާފުޅުން އެކަން ޤަބޫލުކުރެއްވިއެވެ. އިތުރު ސާހިބާصلّى اللّـه عليه وسلّمއެކަމަނާ މިނިވަންކޮށްދެއްވިއެވެ. އެއަށްފަހު އެކަމަނާއާ ކާވެނިބައްލަވައިގެންނެވިއެވެ. އިތުރު ސާހިބާصلّى اللّـه عليه وسلّمއެކަމަނާގެ ނަންފުޅުجويريةއަށް ބަދަލުކުރެއްވިއެވެ.
أمّ المؤمنينالسّيّدة جويرية رضى اللّـهعنــهاކައުސާހިބާصلّى اللّـه عليه وسلّمގެ އަރިހަށް އެހީހޯއްދަވަން ވަޑައިގެންނެވި ވާހަކަ،إبن إسحاقރިވާކުރައްވައިފައިވަނީأمّ المؤمنينالسّيّدة عائشة صدّيقة رضى اللّـهعنــهاގެ ސަނަދުންނެވެ.أمّ المؤمنينالسّيّدة عائشة رضى اللّـهعنــهاވިދާޅުވެފައިވެއެވެ.
السّيّدة جويريةއަކީ ވަރަށް ރީތި ބޭކަނބަލެކެވެ. އެކަމަނާގެ މޫނުފުޅު ތާޒާވެފައި އުޖާލާއެވެ. އެކަމަނާއަކީ ނުހަނު ބަލާޣަތްތެރި، ބަސްފުޅުތައް ފޮނި ބޭކަނބަލެކެވެ. އެކަމަނާ ވަޑައިގަތުމާއެކު އެކަމަނާގެ ރީތިކަން ފެނިފައި އަހަންނަށް ވަރަށް އަސަރުކުރިއެވެ. ކައުސާހިބާގެ އަރިހުގައި އެކަމަނާގެ ބޭނުންފުޅުގެ ވާހަކަ ވިދާޅުވުމުން ކައުސާހިބާصلّى اللّـه عليه وسلّمޙަދީޘުކުރެއްވިއެވެ. "ތިޔައަށްވުރެ މާރަނގަޅު ގޮތަކަށް ކަމަނާ އުންމީދެއް ނުކުރައްވަމުތޯއެވެ؟" އެކަމަނާ ވިދާޅުވިއެވެ. "އޭ މާތްاللّـهގެ ރަސޫލާއެވެ! އެއީ ކޮންގޮތެއްތޯއެވެ؟" ކައުސާހިބާ ޙަދީޘުކުރެއްވިއެވެ. "އެގޮތަކީ އަހުރެން ކަމަނާގެ އަގުއަދާކޮށް، ކަމަނާ މިނިވަންކޮށްދިނުމެވެ. އެއަށްފަހު ކަމަނާއާ ކާވެނިކުރުމެވެ."السّيّدة جويريةވިދާޅުވިއެވެ. "އޭ މާތްاللّـهގެ ރަސޫލާއެވެ! އަޅުގަނޑު ތިޔަގޮތާ ރުހިޤަބޫލުވަމެވެ."
السّيّدة جويريةގެ ބައްޕާފުޅުالحارثއަށް އޭނާގެ ދަރިކަނބަލުން ހައްޔަރުވިކަން އެނގިވަޑައިގަތުމުން އޭނާގެ ހިތްޕުޅަކަށް ކެތެއްނުވިއެވެ. އޭނާގެ ދަރިކަނބަލުން މިނިވަންކުރެއްވުމަށްޓަކައި މަދީނާއަށް ވަޑައިގެންނެވިއެވެ. އޭނާ ކައުސާހިބާصلّى اللّـه عليه وسلّمގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ. "އޭمحمّدގެފާނެވެ. އަޅުގަނޑަކީ މުޞްޠަލިޤުވަންހައިގެ ރައީސެވެ. އެހެންކަމުން ކަލޭގެފާނަށްވެސް އެނގިވަޑައިގަންނަވާނެފަދައިން އަޅުގަނޑުގެ ދަރިފުޅަކަށް ކަނީޒެއްގެ ގޮތުގައެއް ނުއިނދެވޭނެއެވެ. ކަލޭގެފާނު އޭނާ މިނިވަންކޮށްދެއްވާށެވެ." ކައުސާހިބާصلّى اللّـه عليه وسلّمޙަދީޘުކުރެއްވިއެވެ. "ތިޔަކަންތައް ޚުދުجويريةއެދޭގޮތަކަށް ދޫކޮށްލުން ކިހިނެއްވާނެބާވައެވެ؟"الحارثއެގޮތް ޤަބޫލުކުރައްވައިގެންجويريةގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ. "محمّدގެފާނުވަނީ ދަރިފުޅުގެ މިނިވަންކަމުގެ މައްސަލަ، ދަރިފުޅު ރުހޭގޮތަކަށް ދޫކޮށްލައްވައިފައެވެ. އެހެންވީއިރު ބައްޕަގެ އަގުވައްޓައިނުލާށެވެ!"السّيّدة جويريةވިދާޅުވިއެވެ. "އަޅުގަނޑު މާތްاللّـهއާއި އެކަލާނގެ ރަސޫލާ ޚިޔާރުކޮށްފީމެވެ."
عبد اللّـه بن زيادގެ އަރިހުން ރިވާވެފައިވެއެވެ.أمّ المؤمنينالسّيّدة جويرية رضى اللّـهعنــهاގެ ބައްޕާފުޅުالحارث بن أبى ضرارއަށް އޭނާގެ ދަރިކަނބަލުން ހައްޔަރުވެވަޑައިގެންނެވިކަން އެނގިވަޑައިގަތުމުން ވަރަށްގިނަ ޖަމަލުތައް ހިއްޕަވައިގެން މަދީނާއަށް ދަތުރު ފެއްޓެވިއެވެ. ފިދުޔަ ދެއްވައިފައި އޭނާގެ ދަރިކަނބަލުން މިނިވަންކުރެއްވުމަށްޓަކައެވެ. މަދީނާގެ ރަށްބޭރަށް ވަޑައިގެންފައި އޭނާ ގެންނެވި ޖަމަލުތަކުގެ ތެރޭގައި އޮތް އެންމެ ރީތި، އެންމެ ރަނގަޅު ދެ ޖަމަލު، މަދީނާގެ ރަށްބޭރުގެ ވާދީއެއްކަމުގައިވާ ވާދިލްޢަޤީޤުގައި ފޮރުއްވިއެވެ. އޭނާ ޤަޞްދުކުރައްވައިގެން ހުންނެވީ، އެނބުރިވަޑައިގަންނަވާއިރު އެ ދެ ޖަމަލު ގެންދެވުމަށެވެ. އޭނާ ކައުސާހިބާصلّى اللّـه عليه وسلّمގެ އަރިހަށް ވަޑައިގެން، އޭނާ ގެންނެވި ޖަމަލުތައް ހުށަހަޅުއްވައިފައި ވިދާޅުވިއެވެ.
"އޭمحمّدގެފާނެވެ! ކަލޭގެފާނު ވަނީ އަޅުގަނޑުގެ ދަރިފުޅު ހައްޔަރުކުރައްވައިފައެވެ. މި ޖަމަލުތައް ބަހައްޓަވައިފައި އޭނާ މިނިވަންކޮށްދެއްވާށެވެ!"
އިތުރު ސާހިބާصلّى اللّـه عليه وسلّمޙަދީޘުކުރެއްވިއެވެ. "ކަލޭގެ ވާދިލްޢަޤީޤުގައި ފޮރުވި ދެ ޖަމަލު ނުގެނައީ ކީއްވެގެންހެއްޔެވެ؟"
(ނުނިމޭ)