ދެބޭހެއްގައި ކުނޑި ހުރުމުގެ ސަބަބުންނާއި އިންޖެކްޝަން ކަށި ތަގައްޔަރުވެފައި ހުރުމުގެ ސަބަބުން އެ ދެ ބްރޭންޑްގެ ތަކެތި ރާއްޖެ އެތެރެކޮށް ވިއްކުން މަނާކޮށްފި އެވެ.

ހެލްތު މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ރާއްޖެ އެތެރެކޮށް ވިއްކާ "Cefazolin Sodium" އާއި "Sodium Chloride" ދެ ބޭހުގައި ކުޑި ހުރުމުގެ ސަބަބުން ވިއްކުން މަނާކޮށްފައިވާ ކަމަށެވެ.

ވިއްކުން މަނާކޮށްފައިވާ ދެބޭހުގެ ތަފްސީލް

ހަމައެއާ އެކު "Syringe Needle" ނަމަކަށްކިޔާ އިނެޖްކެޝަންކަށި ވެސް ތަގައްޔަރުވެފައި ހުރުމުގެ ސަބަބުން ރާއްޖެ އެތެރެކޮށް ވިއްކުން ހެލްތު މިނިސްޓްރީން ވަނީ މަނާކޮށްފަ އެވެ.