06 Apr 2016, 21:15
ސްޕީރިއާ ކޯޓުތަކުގެ ތެރެއިން ސިވިލް ކޯޓަށާއި ކްރިމިނަލް ކޯޓަށް އަލަށް އައްޔަން ކުރާ ފަނޑިޔާރުން ކަނޑައަޅައިފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު ބޭއްވި ޖަލްސާގައި ސިވިލް ކޯޓަށް އައްޔަން ކުރަން ނިންމާފައި ވަނީ ދަފްތަރު ނަންބަރު 2560، އާދަމް އިބްރާހިމް އިސްމާއިލް އާއި ސ.ފޭދޫ، ބެލޫން، މަރިޔަމް ވަހީދު އެވެ.
ކްރިމިނަލް ކޯޓަށް އައްޔަން ކުރަން ނިންމާފައި ވަނީ ދަފްތަރު ނަންބަރު 3087، އަލީ އާދަމް އާއި ހއ.ކެލާ، ދެރަހަ، އާދަމް އާރިފެވެ.