ލަންކާ ބަނދަރުގައި އޮތް ބޯޓެއްގައި ދިވެއްސަކު ދަން ޖެހިފައި ހުއްޓާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ، ލަންކާ ބަނދަރުގައި އޮތް ބޯޓެއްގެ ތެރޭގައި ހދ. ކުޅުދުއްފުއްޓަށް ނިސްބަތްވާ މީހަކު ދަންޖެހުނު ކަމުގެ ހަބަރު ލަންކާގެ ރަސްމީ ފަރާތްތަކުން ފުލުހުންނަށް ދީފައިވާ ކަމަށެވެ.

ނަމަވެސް، އެ މައްސަލައަކީ ލަންކާގެ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ އެކަމުގެ ތަފްސީލު ދެވެން ނެތް ކަމަށް ފުލުހުން ބުންޏެވެ.