06 Apr 2016, 13:13
ބުރުޒުމަގު ޔޫއެން ބިލްޑިންގ ކައިރީ ހުރި ދެ ސައިކަލެއްގައި ރޯކޮށްލި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިދިޔަ މާޗް މަހުގެ 13 ވަނަ ދުވަހުގެ ރޭ ހިނގި އެ ހާދިސާއާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރުނުކުރިނަމަވެސް އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެ ދެ ސައިކަލްގައި ރޯކޮށްލާފައި ވަނީ އެރޭ 11:45 އެހައިކަންހާއިރު ކަމަށެވެ.
ސައިކަލްތަކުގައި ރޯކޮށްލީ ކީއްވެގެން ކަމެއް ވެސް އަދި ސާފެއް ނުވެއެވެ.