03 May 2011, 03:38
03:29 މިރޭގެ މުޒާހަރާގައި ބައިވެރިވެ ވަޑައިގެންނެވި ޑީއާރްޕީ އާއި ޕީއޭ އަދި ގައުމީ ޕާޓީއަށް ނިސްބަތްވާ ޕާލަމެންޓް މެންބަރު މިރޭ ފުލުހުންގެ މައި މަރުކަޒަށް ވަޑައިގެން ފުލުހުންގެ އިސް އޮފިޝަލުންނާ ބައްދަލު ކުރައްވައި، މިރޭގެ މުޒާހަރާގެ ފަހުބައިގައި ތަންތަނަށް ގެއްލުންދީ ހުޅުޖަހާ ހަދާފައި ވަނީ މުޒާހަރާގެ ބައިވެރިން ނޫން ކަމަށާއި އެއީ އެހެން ބަޔަކުކޮށްފައިވާ ކަމެއް ކަމަށް ވަނީ ވިދާޅުވެފަ އެވެ. އަދި މުޒާހަރާ މިރެއަށް ނިންމާލި ކަމަށް ވަނީ އަނަގާފަ އެވެ.
02:47 ޒެޑް ޑީއާރްޕީއިން މުޒާހަރާ ހުއްޓާލިކަން ވަނީ އިއުލާން ކޮށްފައި. މިވަގުތު މާލޭގެ ތެޜޭގައި ލޯޑް ސްޕީރަކުން ރައީސް ނަޝީދުުގެ އިސްތިއުފާއަށް ގޮވާލަމުން ސައިކަލުގައި ޒުވާނުންތަކެއް ދުއްވަމުން އެބަދޭ. އަދި ފުލުހުންގެ ވެހިކަލްތައް ވެސް އެކި މަގުތަކުން ސައިރަންގައި ދުއްވަމުން އެބަދޭ. މާލެތެރެ އޮތީ ހަލަބޮޮލިކޮށް. މީގެ އިރުކޮޅެއް ކުރިން ވަނީ އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓުގެ ބިއްލޫރިތައްވެސް ތަޅާލާފައި.
02:40 މުޒާހަރާ ކުރި މީހުން މާލޭގެ އެކި ހިސާބުތަކަށް ބެހި އެކިވަރުގެ ހަމަނުޖެހުންތައް ހިންގަމުން އެބަދޭ.
02:34 މިވަގުތު އެކި ހިސާބުތަކުގައި މުޒާހަރާ ލީޑު ކުރަމުންދަނީ ވަރަށް ޒުވާން ކުދިންތަކެއް ކަމަށާއި އެއީ އެހެންނާ ނުފެންނަ މޫނުތަކެއް ކަމަށް ބުނޭ. އަދިވެސް ބައެއް ތަންތަނުގައި ރޯކުރަމުން އެބަދާ ކަމަށްވޭ.
02:21 މާފަންނު ވިލީ ފުލުހުގެ ބިއްލޫރިގަނޑު ތަޅާލައި ފުލުހުންގެ ވެހިކަލަކަށް ގެއްލުން ދީފި.
http://sun.mv/albums/l_750.jpg
02:18 އެކި ސަރަހައްދުގައި ތިބި ސަންގެ ނޫސްވެރިންނާ މިހާރު ވަނީ ގުޅުން ކެނޑިފައި. އެމްޕީއޭ ކައިރީ ލޯރިތަކުން ތެޔޮ ނަގައިގެން ރޯކުރަމުންދިޔަ މީހުން ދުވެފައި މާފަންނު ވިލީ ފުލުހާ ދިމާއަށްދާ ކަމަށް އެބަބުނޭ.
02:04 އެމްޕީއޭ ލޯރިތަކުގެ ޓޭންކުން ޕެޓްރޯލް ނަގައިގެން އަނެއްކާވެސް ލަކުޑިގަނޑުގަނޑުގައި ރޯކުރަމުން އެބަދޭ. މީހުން މަދެއް ނުވޭ.
http://sun.mv/albums/l_746.jpg
02:04 މުޒާހަރާ ކުރާ މީހުން ކެމެރާމަނެއްގެ ކެމެރާ ހަލާކުކޮށްލައިފި. މިހާރު ހަތަރު ވަނަ ތަނެއްގައިވެސް ރޯކޮށްލައިފި. މިިހާރު މުޒާހަރާގައި އުޅެނީ މުޅިން ވެސް ޒުވާނުން
02:00 މިހާރު ވަނީ ކަސްޓަމާ ހަމައަށް ފަހަތަށް ޖައްސާފައި. ކުރިން ރޯކޮށްލި ތިންތަނެެއް ފުލުހުން ނިއްވާލާފައި ވަނީކޮށް އަނެއްކާ އިތުރު ތަނެއް ރޯކޮށްލައިފި.
01:56 މިހާރު މުޒާހާރާގައި އިސްކޮށް ހަރަކާތްތެރިވަނީ ބައެއް ގޭންގް ސްޓާރުން ކަމަށް ބައެއް ނޫސްވެރިން އެބަބުނޭ. އަދި އެމީހުންގެ ފޮޓޯ ނުނެގުމަށް ނޫސްވެރިންނަށް އިންޒާރު ކުރަމުންދާ ކަމަށް ވެސް ނޫސްވެެރިން ބުނޭ.
"އެމީހުން ހަދާ ގޮތަކީ މާރުކޭޓް ކައިރި ލަކުޑި ފަތިތައް މަގުމައްޗަށް ނެރެ ރޯކުރަނީ. ތިންތަނެއްގައި ވަނީ ރޯކޮށްލާފައި،"
01:53 މާރުކޭޓް ސަރަހައްދުގައިވާ ބައެއް ތަކެތީގައި އަލިފާން ރޯކޮށްލައިފި. ސަރަހައްދުގެ މަގުމައްޗަށް ކަޅުތެޔޮ ފީފާތަކެއްވެސް ވަނީ ބަންޑުން ކޮށްލާފައި. ހަމަނުޖެހުން ދަނީ ބޮޑުވަމުން. ސިފައިންނާއި ފުލުހުން ދަނީ އިތުރުވަމުން
01:49 ސިފައިންގެ ޓޭންކަރުތައް ވެސް ނެރެފި. ސިފައިން ދަނީ ގިނަ ކުރަމުން. ސިފައިންގެ ވެހިކަލްތައް ފޮޓޯނަގަން ނޫސްވެރިންނަށް ވެސް ވަނީ ހުރަސް އަޅާފައި. މިހާރު މުޒާހަރާގެ ބައިވެރިން ވަނީ މަސް މާރުކޭޓާ ހަމައަށް ޖައްސާފައި. އަދިވެސް މީހުން އެބަ ހައްޔަރުކުރޭ
http://sun.mv/albums/l_738.jpg
01:46 އެމްއެމް ކައިރިން އެމްޓީސީސީ އާ ހަމައަށް ފަހަތަށް ޖައްސައިފި. ފުލުހުން މަސައްކަތް ކުރަމުންދަނީ މުޒާހަރާ އެއްކޮށް ރުޅައިލަން. ބައެއް މީހުން ހައްޔަރު ކުރަން ފަށައިފި. ވަރަށް ބައިވަރު ސިފައިންވެސް ނުކުމެއްޖެ. ފުލުހުން ވެސް ދަނީ ގިނަ ކުރަމުން . މިހާރު ތިން މީހުން ހައްޔަރުކޮށްފި
http://sun.mv/albums/l_729.jpg
01:22 އެމްއެމްއޭ ކައިރީގައި މުޒާހަރާގެ ފޮރި ހައްތާ ގަދަކުރަނީ. މިވަގުތު ހުރިހާ އެންމެން ބޮނޑިބަތް ކަނީ
http://sun.mv/albums/l_737.jpg
01:22 ޔާމީން ދިރިއުޅުއްވާ ގޭގެ ކައިރީގައި އެއްވެސް ހަރަކާތެއް ނެތް. ނަމަވެސް އެސަރަހައްދަށް އެމްޑީޕީގެ އެކްޓިވިސްޓުން ދިޔަ. އެގެއަށް މިރޭ ކަޅުތެޔޮ ޖެހި، އަދި ބިއްލޫރިގަނޑެއް ތަޅައިލި
01:15 އެސަރަހައްދަށް ފުލުހުން ވެސް ޖަމާވާން ފަށައިފި. ޗާންދަނީ މަގުގައި އޮތް ފުލުހުންގެ ފައުޖުވެސް އެމްއެމްއޭއާ ދިމާއަށް މިޝްރާބު ޖަހައިފި . ޖުމްހޫރީ މައިދާނުގެ މެދުގައި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދާއި އަބްދުﷲ އަބްދުއް ރަހީމް އެބަތިއްބެވި
http://www.youtube.com/watch?v=B165ApvSAdU
01:13 އެމްއެމްއޭ ގާތުގައި ގަދައަށް މުޒާހަރާ ކުރިޔަށް އެބަދޭ. މެންބަރުން ވާހަކަފުޅު ދައްކަވަނީ އެ ސަރަހައްދުގައި ތިބި މީހުންނަށް ފޯނުން ގުޅޭ ގޮތެއް ނުވޭ
01:01 އެމްއެމްއޭ ކައިރީގައި ފޯރި އަންނަނީ ގަދަވަމުން އެ ސަރަހައްދު ކައިރީއަށް ގިނަ އަދަދެއްގެ މީހުން ވަނީ ޖަމާވެފައި.
http://www.youtube.com/watch?v=8qTTIHBfk0Q
00:51 ޔާމީންގެ ގޭގެ ބިއްލޫރިގަނޑެއް ތަޅައިލި ކަމުގެ މައުލޫމާތު އެބަލިބޭ. އަދި ޔަގީނެއް ނުވޭ. ސަންގެ ނޫސްވެރިން އެސަރަހައްދަށް ދަތުރު ކުރަނީ
http://sun.mv/albums/l_734.jpg
00:41 މިވަގުތު އެމްއެމްއޭ އިމާރާތް ކުރިމަތީގައި ވެސް މުޒާހަރާ ކުރަމުން އެބަދޭ. ދާދި ދެންމެއަކު ސަންގެ ނޫސްވެރިޔާ ކަށަވަރުކޮށްދިން ގޮތުގައި އަށް މީހުން ވަނީ މިހާތަނަށް ހައްޔަރުކޮށްފައި އޭގެ ތެރޭގައި އަންހެނަކުވެސް ހިމެނޭ. ޗާދަނީ މަގާއި މަޖީދީ މަގުގެ އެކި ހިސާބުތަކުގައި އަދިވެސް ދުރުދުރުން މީހުން އެއްވެސް އަޑުގަދަ ކުރަމުން އެބަދޭ
http://www.youtube.com/watch?v=n5BfXZIFI-0
00:34 ބައެއް ފުލުހުންވެސް މިހާރު ޖުމްހޫރީ މައިދާނާ ދިމާއަށް އެބަދޭ. އަދި ތަހުރީރު މައިދާން ސަރަހައްދުގެ ބައެއް ގޭގޭގެ ތެރެއިން ވެސް މީހުން ހައްޔަރު ކުރަމުން އެބަދޭ
00:31 އަލީ ވަހީދާއި އަބްދުﷲ އަބްދުއް ރަހީމް ޖުމްހޫރީ މައިދާނުގެ މެދުގައި އެބަތިއްބެވި ކަމުގެ ހަބަރު ލިބެމުން އެބަދޭ. އެހެން ބައެއް މީހުން އެދިމާއަށް ދަތުރު ކުރާ ކަމަށް ވެސް އެބަބުނޭ. އަދި އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ޔާމީންގެ ގޭގެ ކައިރިއަށް ދާ ކަމަށް ވެސް ހަބަރުތައް އެބަ އާދޭ.
00:19 އެމްޑީޕީގެ އެކްޓިވިސްޓުން ވަނީ ފަހަތަށް ޖެހިފައި. ފުލުހުންގެ ސަފުތައް ވަނީ އެކި ސަރަހައްދުގައި ވަނީ ރުކުރުވާލާފައި. އަދިވެސް އަޑުގަދަ ކުރަމުން އެބަދޭ. ގާލާ ވެލި ފުލުހުންނާ ދިމާއަށް އެބައުކާ. އަޑުގަދަކުރަން ބޭނުން ކުރި ލޮރީ ފުލުހުންގެ ބާރުގެ ދަށަށް ގެންގޮސް ފުލަހަކު އަރައިގެން ދުއްވާފައި ހިނގައްޖެ. ގާތަގަނޑަކަށް 10 މީހުން ވަނީ ހައްޔަރުކޮށްފައި. އޭގެ ތެރޭގައި ހިމެނެނީ ޒުވާނުން
00:14ފުލުހުން އެކި ދިމަ ދިމާއިން މީހުން ހައްޔަރު ކުރަމުން އެބަދޭ
http://sun.mv/uploads/l_720456.jpg
00:02 ތަހުރީރު މައިދާން ކަމަށް ބުނާ ސަރަހައްދު މިހާރު ވަނީ ސާފުކޮށް ބަންދުކޮށްފައި. އެހެންނަމެސް މުޒާހަރާގެ ބައިވެރިން ތަންކޮޅެއް ދުރުގައި އަޑުގަދަކޮށް ރައީސް ނަޝީދުގެ އިސްތިއުފާއަށް ގޮވަމުން އެބަދޭ. މެންބަރުން އަދިވެސް ވާހަކަފުޅު އެބަދައްކަވާ
00:01 ބާރުގެ ބޭނުން ކުރާނެ ކަމަށް ބުނުމަށްފަހު ކަރުނަ ގޭސް ޖަހައި ފުލުހުން އަރައިގެންފި
00:01 މުޒާހަރާގެ ބައިވެރިންގެ ސެކިއުރިޓީގެ ގޮތުގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ބަޔަކު އެކުވެ މުޒާހަރާގެ ބައިވެރިން އެމްޑީޕީގެ އެކްޓިވިސްޓުންނާ ދިމާއަށް ދިއުން ހުއްޓުވުމަށް ލެކިއުޓް ކުރިމަތި ދިދަ ދަނޑިތައް ހުރަސްކޮށްފި . މީހުންގެ އަދަދު ދަނީ ހައްތާ ގިނަވަމުން.
23:56 ގޭސް މާކް އަޅައި ފުލުހުން ތައްޔާރީ ހާލަތަކަށް އަތުވެއްޖެ. ރަޔަޓް ގިޔަރު ފުލުހުން ކުރިޔަށް ޖެހެން ފަށައިފި
23:54 އަދިވެސް ދެބައި މީހުން ގަލާއި ވެލި އުކަނީ އަރިބިއްޔާ އިމާރާތުގެ ފާރުން ގާ ނައްޓައިގެންވެސް ގާ އުކަމުން އެބަދޭ. ވަރަށް ގިނަ ފުލުހުންނަށާއި އާންމުންނަށް އަނިޔާ ވެއްޖެ. ނޫސްވެރިޔަކަށް އަދި އަނިޔާއެއް ނުވޭ.
23:50 ކުއްލިއަކަށް އެމްޑީޕީ މީހުން އައިސް އަރައިގެންފި. ދެ ފަރާތުން ގަލާއި ވެލި އުކަނީ. ވަރަށް ގިނަ ބަޔަކަށް އަނިޔާވެއްޖެ
23:25 ދާދި ދެންމެއަކު މުޒާހަރާ ރޫޅައިލާނެ ކަމުގެ ތިންވަނަ އިންޒާރު ވަނީ ދީފައި. އެއްވެފައިވާ މީހުން ފުލުހުންގެ އިންޒާރަކަށް އަޅައެއް ނުލައި. މިވަގުތު ވާހަކަފުޅު ދައްކަވަނީ އިލްހާމް. މީހުން އަންނަނީ ހައްތާ ގިނަވަމުން. އެންމެންވެސް އިންތިޒާރު ކުރަމުންދަނީ އެ ސަރަހައްދަށް އެމްޑީޕީގެ އެކްޓިވިސްޓުން އަންނަ ކަމަށް ބުނާތީ އެކަމަށް. އެހެން ނަމަވެސް އަދި އެމްޑީޕީ ހަރުގެއިން އެއްވެސް ބަޔަކު މުޒާހަރާ ކުރަން ނައްޓައެއް ނުލާ.
23:25 އެމްޑީޕީ ޖަގަހައިގެ ޖަލްސާ ހުއްޓާލުމަށް ފަހު އަނެއްކާވެސް ވާހަތައް ފަށައިފި. ބައެއް އެކްޓިވިސްޓުން ބޭނުން ވަނީ މިހާރުން މިހާރަށް މުޒާހަރާ ކުރަން ނުކުތުމަށް. އެމްޑީޕީގެ ރައީސް ޑރ. ޑީޑީ ވިދާޅުވީ ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރައްވާނެ ކަމަށް. މިހާރު ވާހަކަފުޅު ދައްކަވަނީ ނައިބު ރައީސް އަލްޙާން. އޭނާ ވިދާޅުވަނީ ރޭވެސް ކުރި ގޮތަށް މުޒާހަޜާ ކުރުމަށް ނުކުތުމަށް ނިމިފައިވާ ކަމަށް. އެ ސަރަހައްދުގައި ތިބި ނޫސްވެރިންނާއި ފޮޓޯފްރާފަރުންނަށް އެކިކަހަލަ އުނދަގޫތައް އެކްޓިވިސްޓުން ކުރަމުން އެބަދޭ
23:25 ޕާލަމަންޓްގައި ހިމެނިވަޑައިގަންނަވާ ވަރަށް ގިނަ މެންބަރު މުޒާހަޜާއާ ގުޅިވަޑައިގެންފި. އޭގެ ތެރޭގައި އިލްހާމް، ނިހާން އާރިފު ރިޔާޒް ރަޝީދު މަހުލޫފު ހިމެނޭ. ރަޔަޓް ގިޔަރުގެ ފުލުހުން ކުރިޔަށް ޖެހުމަށް ފަހު އަނެއްކާވެސް ފަހަތަށް ޖެހިއްޖެ
23:13 މުޒާހަރާ ސަރަހައްދުގައި ތިބި ނޫސްވެރިން ބުނަނީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު މެންބަރުން ވަރަށް އަވަހަށް މުޒާހަޜާއާ ގުޅޭ ކަމުގެ މައުލޫމާތު ލިބޭ ކަމަށާއި އެހެން ވެއްޖެ ނަމަ މިރޭގެ މުޒާހަރާ ވަރަށް ހޫނުވެގެންދާނެ ކަމަށް. މިރޭ ވަރަށް ގިނަ މީހުން އެއްވެފައި ވަނީ ރަތް ކުލައިގެ ހެދުމުގައި.
http://sun.mv/albums/l_703.jpg
23:09 އަނެއްކާ ވެސް ފުލުހުން ދެވަނަ އިންޒާރު ދީފި. ފުލުހުން ބުނަނީ މުޒާހަރާއާބެހޭ ޝަކުވާތައް ލިބެމުންދާކަމަށް ބުނެ. މީހުން ދަނީ ހައްތާ ގިނަވަނީ ވަރަށް ގިނަ މީހުން އެއްވެ ތިބީ ގައުމީ ދިދައާއެކު. މިރޭ އެހެން ރޭރެއަށް ވުރެ ގިނަ ފުލުހުން ހަރަކާތްތެރިވޭ. ފުލުހުން އަމާޒު ހިފާފައި ވަނީ ތަންކޮޅެއް ކުރިން މިރޭ މުޒާހަރާ ރޫޅައިލުމަށް އަމާޒު ހިފާފައިވާ ކަމަށް.
23:07 މިރޭގެ މުޒާހަރާގައި އިސްކޮށް ހުރިހާ ވަގުތެއްގައިވެސް ފެންނަނީ ޒެޑް ޑީއާރްޕީގައި ނަގާ ކިޔާ ފަރާތްތައް. އެކަމަކު އެންމެ ބޮޑަށް މިރޭ ވާހަކަ ދައްކަނީ މަޝްހޫރު ކޮމެޑީ ސްޓާރު ޔޫސުފު ރަފީއު (ޔޫސޭ)
23:02 މުޒާހަރާ ކުރަމުންދާ ފަރާތްތަކުގެ ސަބަބުން އާންމުންނަށް އުނދގޫވާ ކަމަށް ބުނެ މުޒާހަޜާ ރުޅައިލާނެ ކަމުގެ އިންޒާރު ފުލުހުން ދޭން ފަށައިފި.
22:57 އެމްޑީޕީގެ ހަރުގެ ހުންނަ ސަރަހައްދަށް ދިޔަ ދެ ޓްރެފިކް ޕޮލިސް އެ ސަރަހައްދަށް ވަނަ ނުދީ އަނބުރާ ފޮނުވާލައިފި. އެމަންޒަރު ފޮޓޯ ނެގި މިއަދު ނޫހުގެ ޖާނަލިސްޓަކަށް އިންޒާރު ދީފި.
"ބުނަނީ. ނުބައި ފޮޓޯއެއް ޖަހައިފިނަމަ ފުނޑާލާނެ ކަމަށް،" އެ ސަރަހައްދުގައި ހުރި ސަންގެ ނޫސްވެރިޔާ ބުންޏެވެ.
22:50 އެމްޑީޕީ ހަރުގޭގައި ކުރިޔަށްދާ ޖަލްސާ ކުއްލި ގޮތަކަށް ހުއްޓާލައިފި. ހުއްޓާލީ އެއްވި ތިބި މީހުން މުޒާހަރާއަށް ނުކުންނަން ބޭނުން ކަމަށް ބުނުމުން. ނަމަވެސް އަދި އެއް މުޒާހަރާއަކަށް ނުނުކުމޭ، އެއްވެފައިވާ އެންމެވެސް މަޑުކޮށްލައިގެން އެބަތިބި. މީހުން ވަރަށް ގިނަ
22:45 އެމްޑީޕީގެ ހަރުގެއިން ނިކުތް ބައަކު ސަފަކަށް އެތުރިލަމަށްފަހު އަމީނީމަގު ބަންދު ކޮށްލައިފި. ފުލުހުން ދަނީ މިހާރު އެ ސަރަހައްދުގެ ޓްރެފިކް ބަލަހައްޓަމުން.
22:43 އެމްޑީޕީގެ ހަރުގޭގައި ތިބި ބައެއް މީހުން ބޭނުންވަނީ މުޒާހަރާ ކުރަން. އެހެންނަމަވެސް ލީޑަރޝިޕުން އަންގަނީ މުޒާހަރާ ކުރާ ހިސާބަށް ދިއުމުން އަންގާނެ ކަމަށް.
22:36 ފުލުހުން މިރޭ ވެސް ތިބީ ތައްޔާރީ ހާލަތުގައި. ފުލުހުން ތިބީ ކަރުނަ ގޭހާއި މުގުރު ބުރި ހިފައިގެން.
22:31 ފުލުހުންނާ ޒުވާބުކޮށްގެން ނުވާނެ ކަމަށާއި އަދި އެއްވެސް ހަމަނުޖެހުމެއް ހިންގައިގެންނުވާނެ ކަމަށް އަޑުގަދަކުރާއިން ގޮވަމުން އެބަދޭ. އަދި ފުލުހުންގެ ސަފުތަކާ ތިން ފޫޓު ދުރުމިން ބެހެއްޓުމަށް ވެސް މުޒާހަރާގެ ބައިވެރިންނަށް އަންގަމުން އެބަދޭ. މުޒާހަރާގެ ބައިވެރިންގެ ތެރެއިން ބަޔަކު ތިބީ އެއްވެސް ބަޔަކަށް ފުލުހުންނާ ކައިރިނުވެވޭނެ ގޮތަށް ސަފުތަކެއް ހަދައިގެން އިށީނދެގެން.
އުމުރުން ދުވަސްވީ އަންހެނަކު ހައްޔަރުކޮށްފި ކަމަށް އަޑުގަދަކުރާއިން އެބަ ގޮވާ.
22:15 އެމްޑީޕީ ހަރުގޭގައި ކުރިއަށްދާ ޖަލްސާގައި އިިދިކޮޅު ޝުއޫރު ފާޅުކުރި މީހެއް ބިން މައްޗަށް ވައްޓާލައި، މާރާމާރީ ހިންގައިފި. އެމީހާ ގައިގަ ތެޅި މީހުން ދުރުކުރުމުން މިހާރު ވަނީ އެ ސަރަހައްދުން އޭނާ ގޮސްފައި.
22:07 މުޒާހަރާގެ ބައިވެރިން ބުނަނީ، މިރޭ ހަމަނުޖެހުމަކަށް ފުރުސަތު ނުދޭނެ ކަމަށް. އަދި އެއްވެސް ބަޔަކަށް މޫނު ނިވާކޮށްގެން ވެސް ނުތިބެވޭނެ ކަމަށް. މުޒާހަރާ ފެށުމާއެކު އެ ސަރަހައްދުގައި ތިބި ގިނަ ފިހާރަތައް މިހާރު ވަނީ ބަންދުކޮށްފައި.
22:05 ރައަޓް ފުލުހުންގެ ފައުޖެއް ޗާނދަނީ މަގުގައި ހަރަކާތްތެރި އެބަވޭ. ނަމަވެސް، އަދި މައިދާނާ ކައިރިއަކަށް ނުދޭ.
21:59 ރައަޓް ފުލުހުން ހިނގައްޖެ.
21:53 މުޒާހަރާގެ ބައިވެރިން ޒުވާނުންގެ މައިދާނަށް ގޮސްފި. މިހާރު އެތަނުގައި ތިބެ އަޑުއުފުލަމުން ދަނީ. އަދި ރައަޓް ގިއަރުގެ ފުލުހުން އެ ސަރަހައްދަކަށް ނުދޭ. ނަމަވެސް، އާދައިގެ ޔުނިފޯމުގައި ތިބި ފުލުހުންތަކެއް ވަނީ ޗާނދަނީ މަގުގެ އަސްރަފީ ބުކްޝޮޕް ކައިރީ ސަފުތައް އަތުރާލައި، އެ މަގަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފައި.
21:45 މުޒާހަރާއިން މަޖިލިސް މެމްބަރަކު ނުފެނޭ. އެއީ މިރޭ ދައުރުން ބޭރުގައި ބާއްވާ ޖަލްސާގައި ހުރިހާ މެމްބަރުން ތިއްބެވުމުން. ޖަލްސާއަށްފަހު މުޒާހަރާއާ ބައެއް މެމްބަރުން ގުޅިވަޑައިގަންނަވާނެ ކަމަށް މުޒާހަރާގެ އިސްކޮށް ތިބި ފަރާތްތަކުން ބުނޭ.
21:41 މުޒާހަރާގެ ބައިވެރިން މަޖީދީ މަގަށް ނުކުމެއްޖެ. މިހާރު ތިބީ ކުރީގެ ގައުމީ ކުތުބުހާނާ ކައިރީ. ފުލުހުން ގެންދަނީ ޒުވާނުންގެ މައިދާނުގައި ފޯރިމަރަމުން.
21:37 ތަކެތީގެ އަގު އުފުލުމާ ދެކޮޅަށް ކުރަމުންދާ ސިލްސިލާ މުޒާހަރާގެ ތެރެއިން މިރޭ ވެސް ގިނަ އަދަދެއްގެ ބަޔަކު އާޓިފިޝަލް ބީޗު ކައިރިން ނައްޓަލައިފި. އެމީހުން ތިބީ ބޮލުގައި ރަތް ފޮތިކޮޅެއް ބަނދެގެން ދިވެހި ދިދަ ވެސް ހިފައިގެން. އެމީހުން ހިނގަމުން ދަނީ ކުރީ ދެރޭވެސް މަޑުކުރި ޗާނދާނީ މަގާއި މަޖީދީ މަގާއި ގުޅުނު ހަތަރު އަނގޮޅި ކަންމައްޗަށް. މުޒާހަރާގެ ބައިވެރިން އެތަން ސިފަކުރަނީ ތަހުރީރު މައިދާނު ނުވަތަ ޒުވާނުންގެ މައިދާނުގެ ގޮތުގައި.