05 Apr 2016, 12:32
މޯލްޑިވިއަން އައިޑަލްގެ ގަދަ ހަޔެއްގައި މިހާރު ވާދަ ކުރަމުން އަންނަ ޝަލަބީ އިބްރާހިމްގެ ލަވަކިޔުމުގެ ހުނަރު އެންމެ ފުރަތަމަ ފެނިގެންދިޔައީ ކޮންމެ ރަމަޟާން މަަހަކު ޓީވީއެމް އިން ގެނެސްދޭ ބޮޑުބެރު ޗެލެންޖުގެ ޝޯވްއަކުންނެވެ.
އޭރުއްސުރެ، ލަވަ ކިޔުމުގެ ދާއިރާ އިން ޝަލަބީ އައީ ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާ ކުރަމުންނެވެ. މިހާރު ޝަލަބީ ނުދަންނަ މީހަކު ރާއްޖޭގައި މަދުވާނެ އޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އޭނަގެ ލަވަތަކުގެ ޖާދޫގައި އެތައް ބަޔަކު ޖައްސައިފިއެވެ.
ކޮންމެއަކަސް ލަވަކިޔައިގެން މީހުންގެ ހިތްތަށް ފަތަހަ ކޮށްލެވޭހާ ބާރު ޝަލަބީގެ ކިބައިގައި އެބަ ހުއްޓެވެ. އެހެންނަމަވެސް ހަމައެކަނި ލަވަކިޔުމެއް ނޫނެވެ. ޝަލަބީ އަކީ ފާހަގަކޮށްލެވޭހާ މޮޅަށް ޤުރުއާން ވެސް ކިޔަވާ ކުއްޖެކެވެ.
Maasha allah. :-) The practice was awesome.. thanks shalabee.. :-)
Posted byAsha Ashraq ShakironSunday, April 3, 2016
ދާދިފަހުން ސޯޝަލް މީޑިއާގައި އެންމެ ހަލުވިކަމާއެކު ފެތުރު އެއް ވީޑިއޯ އަކީ ޝަލަބީގެ ޤުރުއާން ކިޔެވުމުގެ ހުނަރު ދައްކުވައިދިން ވީޑިއޯ އެކެވެ. ޝަލަބީގެ އުފަން ރަށް މ. މުލަކަށް ކުރި ދަތުރުގައި އެ ރަށު ސުކޫލް ދަރިވަރުން ތަކަކަށް ޝަލަބީ ގުރުއާން ކިޔަވައިދޭ މަންޒަރު އެ ވީޑިއޯ އިން ފެނިގެން ދިޔަ އެވެ.
އެތައް ބައެއްގެ ތައުރީފު ލިބިފައިވާ އެ ވީޑިއޯ، މިހާތަނަށް 61،381 ފަރާތުން ބަލާފައި ވެއެވެ.
މަދަރުސަތުލް އަރަބިއްޔާ އިން ތައުލީމް ހާސިލް ކުރި ޝަލަބީ ވަނީ މީގެ ކުރިން ގިނަ ޤުރުއާން މުބާރާތްތަކުގައި ބައިވެރިވެ ރަން ވަނަތައް ހޯދާފައެވެ. އެގޮތުން ގައުމީ ގުރުއާން މުބާރާތުގައިވެސް އެތައް ފަހަރަކު ބައިވެރިވެ ޝަލަބީ ވަނީ ވަނަތައް ހޯދާފަ އެވެ.