02 May 2011, 16:19
އަލްގައިދާގެ ވެރިޔާ އުސާމާބިން ލާދިން ޕާކިސްތާންގެ ވެރިރަށް އިސްލާމް އާބާދުގެ ވެރިރަށް އިސްލާމް އާބާދުގެ ރަށް ބޭރުގައި ހުރި ގެއެއްގައި ހުންނަވަނިކޮށް ހޯދައި، އޭނާ އަވަހާރަކޮށްލާފައިވާ ކަމަށް ބުނިތާ ގިނައިރުތަކެއް ނުވަނީސް އޭނާގެ ހަށިގަނޑު ކަނޑުފައްތާފައިވާ ކަމަށް އެމެރިކާ ސަރުކާރުން ބުނެފި އެވެ.
އެމެރިކާ ސަރުކާރާ ހަވާލާދީ އިނގިރޭސި ޑެއިލީމެއިލުން ބުނި ގޮތުގައި އެމެރިކާ ސިފައިން އުސާމާ އަވަހާރަކޮށްލުމަށް ފަހު ފޭސް ރިކޮގްނިޝަން ޓެކްނޮލޮޖީ ބޭނުންކޮށްގެން އެއީ އުސާމާކަން ކަށަވަރު ކުރި ކަމަށެވެ. އަދި އެއަށް ފަހު
އޭނާގެ ޑީއެންއޭ ޓެސްޓްތައް ހެދި ކަމަށް ވެސް އެމެރިކާ ސިފައިން ވަނީ ބުނެފަ އެވެ.
"އެމެރިކާ ސިފައިން އުސާމާބިން ލާދިން މަރާލުމަށް ފަހު އޭނާގެ ހަށިގަނޑު ކަނޑުފެއްތީ އޭނާ އެއްގަމުގައި ވަޅުލައިފި ނަމަ ހައްދުފަހަނައަޅާފައިވާ މީހުން އޭނާގެ މަހާނައަކީ މުގައްދަސް ތަނަކަށް ހަދައިގެން އުޅެފާނެތީ" ކަމަށް މެއިލްގައިވެ އެވެ.
އުސާމާބިން ލާދިންގެ ހަށިގަނޑު އެހާ އަވަހަށް ކަނޑަށް އެއްލާލި ކަމަށް އެމެރިކާ ސަރުކާރުން ބުނުމުން އެއީ ދޮގެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަވަހާރަވެފައިވާ އުސާމާގެ ފޮޓޯ ކަމަށް ބުނެ އެމެރިކާ އިން ދެއްކި ފޮޓޯއަކީ ހަދާފައިވާ ފޮޓޯއެއް ކަމަށް ބެލެވޭ ފަދަ ހެކިތަކާ އެކު އިންޓަނެޓްގައި މިހާރު ދަނީ ދައުރުވަމުންނެވެ.