05 Apr 2016, 00:10
ކ. ހިންމަފުށީގައި ހުންނަ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގައި ފަރުވާ ހޯދަމުން ދިޔަ މާބަނޑު މީހަކު ކުއްޖާ އެބޯޓް ކުރި މައްސަލައެއް މޯލްޑިވްސް ޕޮލިސް ސާވިސް އިން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ މިރޭ ސަން އަށް ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެބޯޓް ކުރި އަންހެންމީހާ މިހާރު މާލެގެނެސް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
ނޭޝަނަލް ޑްރަގް އެޖެންސީން ބުނީ ފަރުވާ ހޯދަމުން އަންނަ އެއްވެސް މީހެއްގެ މައުލޫމާތު ހާމަނުކުރެވޭނެ ކަމަށެވެ.
އައިޖީއެމްއެޗުގެ އިންފޮމޭޝަން އޮފިސަރު ޒީނަތު އަލީ ހަބީބު ސަން އަށް ވިދާޅުވީ އުމުރުން 32 އަހަރުގެ އެ އަންހެންމީހާ އެ ހޮސްޕިޓަލަށް ގެނައީ މިރޭ 9:30 ގައި އެމަޖެންސީކޮށް ކަމަށެވެ. ނަމަވެސް އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށް ޒީނަތު ވިދާޅުވިއެވެ.