05 Apr 2016, 08:33
އިންޑޮނޭޝިޔާގެ ވެރިރަށް ޖަކާޓާގައި ހުންނަ ހަލީމް ޕެރްދާނަކުސޫމާ ޑޮމެސްޓިކް އެއާޕޯޓުގެ ރަންވޭމަތިން ދެ މަތިންދާ ބޯޓު ޖެހި، ދެ ބޯޓަށް ގެއްލުން ވެއްޖެ އެވެ.
ބަޓިކް އެއާގެ ފްލައިޓު ނައްޓާލަން ދިޔަ އިރު، ޓްރާންސްނުސާގެ ފްލައިޓެއް ރަންވޭއިން ދިޔައީ ޓޯ ކުރެވެމުންނެވެ. ނަމަވެސް ދެ ފްލައިޓު ވަނީ ރަންވޭ މަތީގައި ޖެހި، އެކްސިޑެންޓް ވެފަ އެވެ.
މި އެކްސިޑެންޓުގައި، ބަޓިކް އެއާގެ ބޮއިންގ 737 މަރުކާގެ ބޯޓުގެ ވައަތު ފިޔައިން ޖެހި، ޓްރާންސްނުސާ ފްލައިޓުގެ ފަހަތު ފިޔަވަނީ ނެއްޓިފަ އެވެ. އަދި ބަޓިކް އެއާގެ ވައަތު ފިޔައިގައި ވަނީ ރޯވެފަ އެވެ.
މިކަމުގެ ސަބަބުން ފްލައިޓުން ފަސިންޖަރުން ވަނީ ވަގުތުން އިވެކުއޭޓް ކުރެވިފަ އެވެ. ފްލައިޓުގައި ތިބި 49 ފަސިންޖަރުންނާއި ހަތް ކްރޫއިން ފްލައިޓުން ފޭބީ، ފްލައިޓުގެ އެމަޖެންސީ ސްލައިޑް ބޭނުންކޮށްގެންނެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ އިރު، މި މައްސަލަ މިހާރު ދަނީ ތަހުގީގު ކުރެވެމުންނެވެ.