ހދ. މަކުނަދޫގައި އުމުރުން 10 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ އެ މައްސަލައާ ގުޅިގެން 58 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދަށް ކުޅުދުއްފުށީ ކޯޓުން 15 ދުވަސް ޖަހާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ދުވަހެއް ދުވަހަކަށް ރާއްޖޭގައި އަންނަނީ ގިނަވަމުންނެވެ. މިކަން މިހެން ވުމުގައި ކުޑަކުދިން ބަލެހެއްޓުމުގެ ޒިންމާއާ ހަވާލުވެ ތިބޭ މީހުންގެ އިހުމާލު އޮތް ކަމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ މީގެކުރިން ބުނެފައެވެ.