05 Apr 2016, 02:16
މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯ (އެމްއެންސީސީ) ގެ ފުރަތަމަ ޑްރިލް އިންސްޓްރަކްޓަރުން ތަމްރީން ކުރުމުގެ ކޯސް ގިރިފުށީގައި މިއަދު ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ، އެމްއެންސީސީއާ އެމްއެންޑީއެފް ޑިފެންސް އިންސްޓިޓިއުޓް ފޯ ޓްރޭނިން އެންޑް އެޑިއުކޭޝަން (ޑައިޓް) އާ ގުޅިގެން ހިންގާ އެ ކޯހަކީ އެއް މަސް ދުވަހުގެ ކޯހެއް ކަމަށެވެ. އަދި ކޯހުގެ ހުރިހާ ބައިތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ގިރިފުށީ ޓްރޭނިން ސެންޓަރުގައި ކަމަށް ބުނެފައިވެ އެވެ.

ގިރިފުށީގައި މިއަދު ފެށި ޑްރިލް އިންސްޓްރަކްޓަރުން ތަމްރީން ކުރުމުގެ ކޯހުގެ ބައިވެރިން ތަމްރީން ތަކުގައި --- ފޮޓޯ/ އެމްއެންޑީއެފް
އެމްއެންސީސީގެ 15 ކެޑޭޓުން ބައިވެރިވާ އެ ކޯހުގައި ފުޓް ޑްރިލް އާއި ރައިފަލް ޑްރިލް ގެ އިތުރުން ކޭން ޑްރިލް އާއި ފްލޭގް ޑްރިލް އަދި ޓީޗިން ޕްރެކްޓިސް ފަދަ ބައިތައް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.