04 Apr 2016, 22:10
އެމެރިކާއިން ސްރީލަންކާއަށާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަތުލް ކެޝަޕް މިއަދު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ބައްދަލުކުރައްވައި ރާއްޖޭގެ ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ބައްދަލުކުރެއްވުމުގައި، ރައީސް ޔާމީނާއި އެމެރިކާ ސަފީރު ވަނީ، އެމެރިކާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އެކި ދާއިރާތަކުން އިތުރު ކުރުމާއި ބެހޭގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.
އަދި ރާއްޖޭގެ އިޖްތިމާއީ، އިގްތިސާދީ އަދި ސިޔާސީ ކަންކަމާ ގުޅޭގޮތުން ވެސް ސަފީރާއި ރައީސް ވަނީ މަޝްވަރާ ކުރައްވައިފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ފޮރިން ސެކްރެޓަރީ ޑރ. އަލީ ނަސީރު މުހައްމަދާއި، އެމެރިކާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ އަރިހުގައި ޑެޕުއުޓީ އެސިސްޓަންޓް ސެކްރެޓަރީ ފޮރ ސައުތް އެންޑް ސެންޓްރަލް އޭޝިޔަން އެފެއާޒް، މަންޕްރީތް ސިންގ އާނަންދް ބައިވެރިވެ ވަޑައިގެންނެވި އެވެ.