04 Apr 2016, 15:46
ކަޝްމީރު (އޭޕްރިލް 4):ކަޝްމީރުގެ ފުރަތަމަ އަންހެން ޗީފް މިނިސްޓަރުގެ ގޮތުގައި ކަޝްމީރުގެ ޕީޕަލްސް ޑިމޮކްރަޓިކް ޕާޓީގެ ޗެއާޕާސަން، މެހެބޫބާ މުފްތީ މަގާމުގެ ހުވާ ކުރައްވައިފި އެވެ.
މެހެބޫބާ މަގާމުގެ ހުވާކުރައްވާފައި ވަނީ އޭނާގެ ބައްޕާފުޅު އަދި ކުރީގެ ޗީފް މިނިސްޓަރު، މުފްތީ މުހައްމަދު ސައީދު އަވަހާރަވުމާ ގުޅިގެން ހުވާ ކުރެއްވުން ގާތްގަނޑަކަށް ތިން މަހަށް ލަސްކުރެއްވުމަށްފަހު އެވެ. ޗީފް މިނިސްޓަރުކަމަށް މެހެބޫބާ ހޮވާފައި ވަނީ 87 މެމްބަރުން ހިމެނޭ އިންޑިއާގެ ސްޓޭޓްތަކުގެ ގާނޫނު ހަދާ މަޖިލީހުގެ 52 މެމްބަރުންގެ ވޯޓުންނެވެ.
މުސްލިމުންގެ މެޖޯރިޓީ އޮންނަ އިންޑިއާގެ ހަމައެކަނި ސްޓޭޓުކަމަށްވާ ކަޝްމީރުގައި މިހާރު ވެރިކަން ކުރަމުންދަނީ ޕީޑީޕީއާއި އިންޑިއާގެ ވެރިކަން ކުރާ ޕާޓީ، ބަހާރަތިޔާ ޖަނާތާ ޕާޓީން އުފައްދާފައިވާ ކޯލިޝަނެއްގެ ދަށުންނެވެ.
ބީޖޭޕީއާ ހިލާފަށް ޕީޑީޕީ ބެލެވިފައިވަނީ ކަޝްމީރު އިންޑިއާގެ ވެރިކަމުން ދުރުވެ، ޕާކިސްތާނާ ގުޅުމަށް ތާއިދު ކުރާ ޕާޓީއެއްގެ ގޮތުގަ އެވެ.
ފަންސާސް ހަ އަހަރުގެ މެހެބޫބާގެ ދެދަރިކަނބަލުން ތިއްބަވަ އެވެ. (ބީބީސީ)