މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އަލަށް އެކުލަވާލައިފައިވާ "ޕެރިސް އެގްރީމެންޓް"ގައި ރާއްޖެ އިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

އެ އެގްރީމެންޓުގައި ބައިވެރިވުމަށް ރުހުން ދިނީ 67 މެމްބަރުން ވޯޓު ދެއްވައިގެން ނެވެ.

ޕެރިސް އެގްރީމެންޓަކީ ޔުނައިޓެޑް ނޭޝަންސް ފުރޭމް ވޯކް ކޮންވެންޝަން އޮން ކުލައިމެޓް ޗޭންޖު (ޔޫއެންއެފްސީސީ) ބައިވެރިންގެ މެދުގައި ބޭއްވުނު ކޮޕް 21 ބައްދަލުވުމުގައި އެކުލަވާލެވުނު އެގްރީމަންޓެކެވެ.

މަޖިލީހަށް ރައީސް އަބްދުﷲ ޔާމީން ފޮނުއްވެވި ސިޓީފުޅުގައި ބުނެފައި ވަނީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވެރިކަން ހިންގާ ފަރާތްތަކުން ބޭރުގެ އެއްވެސް މުއާހަދާއެއްގައި ބައިވެރިވެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ކަމަށެވެ.