04 Apr 2016, 13:58
ތ. އަތޮޅު (ކޮޅުމަޑުލު) ކައުންސިލުގެ ވޮލީބޯޅަ މުބާރާތުގައި އިއްޔެ މަޑިފުށި ޓީމު އަތުން މޮޅުވެ، މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ހިރިލަންދޫ ޓީމުގެ ފެށުން ރަނގަޅުކޮށްފި އެވެ.
ތ. ދިޔަމިގިލީގައި ކުރިއަށްދާ ވޮލީ މުބާރާތުގައި އިއްޔެ ކުޅުނު މެޗުގައި މަޑިފުށި ޓީމު އަތުން ހިރިލަންދޫ ވަނީ ފަސޭހަކަމާ އެކު ސީދާ ތިން ސެޓުން މޮޅުވެފަ އެވެ.
ކޮޅުމަޑުލު އަތޮޅު ކައުންސިލުގެ ވޮލީބޯޅަ މުބާރާތުގައި އިއްޔެ މަޑިފުށި ޓީމާއި ހިރިލަންދޫ ޓީމު ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ހިރިލަންދޫ --
މެޗުގެ ސެޓުތައް ހިރިލަންދޫ އިން ގެންދިޔައީ 25-19، 30-28 އަދި 25-19 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާ މަގާމަށް ހޮވުނީ ހިރިލަންދޫގެ ގައުމީ ޓީމު ކުޅުންތެރިޔާ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އެވެ.
ތ. އަތޮޅު ކައުންސިލްގެ ވޮލީ މުބާރާތުގައި މިއަދު ހަވީރު ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ ފިރިހެން ޑިވިޝަނުގެ މެޗެކެވެ. އެ މެޗުގައި ބައްދަލުކުރާނީ މަޑިފުށި ޓީމާއި ދިޔަމިގިލި ޓީމެވެ.
ކޮޅުމަޑުލު އަތޮޅު ކައުންސިލުން ބާއްވާ ވޮލީ މުބާރާތް، "ކޮޅުމަޑުލު ވޮލީ ޓޯނަމެންޓް 2016" ފެށިފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެ މުބާރާތުގައި އެ އަތޮޅުގެ ހަތަރު ރަށަކުން ބައިވެރިވެފައިވެ އެވެ. އެއީ ވިލުފުށްޓާއި، މަޑިފުށްޓާއި، ދިޔަމިގިލި އަދި ހިރިލަންދޫ އެވެ.
ކޮޅުމަޑުލު އަތޮޅު ކައުންސިލުގެ ވޮލީބޯޅަ މުބާރާތުގައި އިއްޔެ މަޑިފުށި ޓީމާއި ހިރިލަންދޫ ޓީމު ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ހިރިލަންދޫ --
ދެ ޑިވިޝަން ހިމެނޭ އެ މުބާރާތުގައި ޖުމްލަ ހަތް ޓީމު ބައިވެރިވި އެވެ. އެއީ އަންހެން ތިން ޓީމާއި ފިރިހެން ހަތަރު ޓީމެވެ. އަންހެން ޑިވިޝަނުގައި ބައިވެރިވެފައިވަނީ ވިލުފުށްޓާއި، މަޑިފުށި އަދި ދިޔަމިގިއްޔެވެ. މިބާރާތުގައި ބައިވެރިވި ކޮންމެ ރަށަކުން ވެސް ފިރިހެން ޓީމެއް ބައިވެރިވެފައިވެ އެވެ.
އެގާރަ ދުވަހުގެ މުއްދަތަށް ކުރިއަށްދާ އެ މުބާރާތް މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.
ދިޔަމިގިލީގައި ކުރިއަށްދާ އެ މުބާރާތުގައި ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމުގެ ހަތް ކުޅުންތެރިޔަކު ކުޅެމުންދެ އެވެ. އޭގެ ތެރޭގައި ދިޔަމިގިލީ ޓީމަށް ކުޅެމުންދާ އިޝާމް މުހައްމަދު (ބަޓިސް) އާއި، އެޓީމުގެ އަހްމަދު އަބްދުލް ކަރީމް (ލޯންގޭ) އާއި، ހިރިލަންދޫ ޓީމުގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އަދި ހަމަ އެ ޓީމުގެ އަޝްފާގު އާދަމް (އައްކެޅޭ) ފާހަގަކޮށްލެވެ އެވެ.