04 Apr 2016, 13:42
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވެވި ހަ ނަންފުޅު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ބްރޯޑްކޮމްއަށް އައްޔަން ކުރަން މަޖިލީހުން ފާސްކުރި 6 ނަންފުޅު:
މުޙައްމަދު ޝަހީބު، ހ. ރީތިގަސްދޮށުގެ
- ޒީނާ ޒާހިރު، ގދ. ގައްދޫ، އަތީރީގެ
- އާމިނަތު ސަހާރަތު ޢިއްޒަތު، ގ. ގޮފި
- ފާޠިމަތު ޒައިނާ، ކ. ދިއްފުށި، ހުވަނދުމާގެ
- އިސްމާއީލް ޞަފްވާން، ޅ. ހިންނަވަރު ފަހަލަ
- ހަސަން ނަބާހް، ވ. ވެރޯނިކާ، ކ. މާލެ
- އެންމެ މަތިން މާކްސް ލިބިވަޑައިގެންނެވި މަރިޔަމް ވަހީދާއަށް ރުހުމެއް ނުދިން
- ފާސްވާ މިންވަރަށް މާކްސް ނުލިބޭ ދެ ބޭފުޅަކު އައްޔަން ކުރަން ރުހުން ދިން
ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ހަ ބޭފުޅަކަށް ރުހުން ދެއްވާފައިވާއިރު އޭގެތެެއިން ދެ ފަރާތަކީ ކޮމެޓީ މަރުހަލާގައި 75 ޕަސެންޓަށް ވުރެ ދަަށުން މާކްސް ލިބިވަޑައިގެންނެވި ދެ ބޭފުޅުން ނެވެ. އެ ދެ ބޭފުޅުންނަކީ ޞަފްވާން އާއި ނަބާހު އެވެ.
ކޮމެޓީ މަރުހަލާގައި އެ ބޭފުޅުންގެ ނަން ދިރާސާ ކުރުމުގައި އެންމެ ބޮޑަށް ބަލާނީ ތައުލީމާ ތަމްރީނާއި މަަސައްކަތު ތަޖުރިބާގެ އިތުރުން ގާބިލުކަމާއި އިންޓަގްރެޓީއަށާއި ހުނަރަށެވެ. އެކަންތައްތަކަށް ބެލުމަށްފަހު 75 ޕަސެންޓް މަތިން މާކްސް ލިބިވަޑައިގެނެންވި ބޭފުޅުންނަކީ ކޮމިޝަނަށް އައްޔަން ކުރަން ގާބިލް މީހުން ކަމަށް ކޮމެޓީގެ ރިޕޯޓުގައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިއަދު އެންމެ ފުރަތަމަ ވޯޓަށް އެހި މަރިޔަމް ވަހީދާއަކީ ކޮމެޓީ މަރުހަލާގައި އެންމެ ގިނައިން މާކުސް ލިބިވަޑައިގެންނެވި ބޭފުޅާ އެވެ. އޭނާ އަށް ކޮމެޓީ މަރުހަލާގައި ވަނީ 81.3 ޕަސެންޓު ލިބިވަޑައިގެންފަ އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލީ މިހާރު ހިމެނޭ މެންބަރުންގެ މަގާމުގެ މުއްދަތު މިއަދަށް ހަމަވާތީ އެވެ.
ބްރޯޑްކާސްޓު ކުރުމުގެ ގާނޫނުގައި ބުނެފައި ވަނީ ކޮމިޝަނަށް އައްޔަން ކުރެވޭ މެމްބަރަކު އެ މަގާމުގައި ދެމި ހުންނާނީ އެ މެމްބަރަކު އައްޔަން ކުރެވޭ ތާރީހުން ފެށިގެން ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށެވެ. ކޮމިޝަނަށް އަލަން ހަ މެމްބަރަކު އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދީފައިވާއިރު، އެ ކޮމިޝަންގައި ދައުރު ހަމަނުވާ އެންމެ މެމްބަރަކު އެބަ ހުންނެވި އެވެ.
-------------------------
މަރިޔަމް ވަހީދާގެނަން ފާހެއް ނުވި
ފެންނަ ކަަމށް: 22
ނުފެންނަ ކަމަށް: 46
ވަކިކޮޅަކަށް ނުޖެހި: 3
މުހައްމަދު ޝަހީބުގެނަން ފާސްވެއްޖެ
ފެންނަ ކަމަށް: 55
ނުފެންނަ ކަމަށް: 7
ވަކިކޮޅަށް ޖެހުހި: 3
ޒީނާ ޒާހިރުއައްޔަން ކުރަން ފާސްކޮށްފި
ފެންނަ ކަމަށް: 50
ނުފެންނަ ކަމަށް: 10
ވަކިކޮޅަކަށް ނުޖެހި: 6
އައިމިނަތު ސަރާހަތުއިއްޒަތު އައްޔަން ކުރަން ފާސްކޮށްފި
ފެންނަ ކަމަށް: 58
ނުފެންނަ ކަމަށް: 3
ވަކިކޮޅަކަށް ނުޖެހި: 5
ފާތުމަތު ޒައިނާ އައްޔަން ކުރަން ފާސްކޮށްފި
ފެންނަ ކަމަށް: 53
ނުފެންނަ ކަމަށް: 10
ވަކިކޮޅަކަށް ނުޖެހި: 4
އިސްމާއިލް ސޮވާންއައްޔަން ކުރަން ފާސްކޮށްފި
ފެންނަ ކަމަށް: 53
ނުފެންނަ ކަމަށް: 3
ވަކިކޮޅަކަށް ނުޖެހި: 8
ހަސަން ނަބާހު އައްޔަން ކުރުމަށް ފާސްކޮށްފި
ފެންނަ ކަަމަށް: 55
ނުފެންނަ ކަަމަށް: 1
ވަކިކޮޅަކަށް ނުޖެހި: 8