02 May 2011, 13:37
ވަތަނިއްޔާ އިން އެ ކުންފުނީގެ ޕްރީޕެއިޑް އަދި ޕޯސްޓް ޕެއިޑް ކަސްޓަމަރުންނަށް ހާއްސަ ދެ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ވަތަނިއްޔާ އިން ބުނީ ޕޯސްޓް ޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްފައިވާ "ރިފާ ޔޯ ފްރެންޑްސް" ޕްރޮމޯޝަނަކީ ރަހްމަތްތެރިންނަށް ވަތަނިއްޔާ ޕޯސްޓް ޕެއިޑް ހިދުމަތް ތައާރަފްކޮށްދީގެން މަހުފީ އިން 50 ޕަސެންޓް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ކަމަށާއި އެ ހިދުމަތް ދެ ރަހްމަތްތެރިއަކަށް ތައާރަފްކޮށްދީގެން މަހު ފީ އިން 100 ޕަސެންޓް ޑިސްކައުންޓް ލިބިގެން ދާނެ ކަމަށެވެ. އަދި އެ ޕްރޮމޯޝަން މިމަހުގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށް ވެސް ވަތަނިއްޔާ އިން ބުނެ އެވެ.
މީގެ އިތުރުން ވަތަނިއްޔާ އިން ތައާރަފްކޮށްފައިވާ ދެ ވަނަ ޕްރޮމޯޝަނަކީ އެ ކުންފުނީގެ ޕްރީޕައިޑް ކަސްޓަމަރުނަށް "ސަޕްރައިޒް ކްރެޑިޓް"ގެ ނަމުގައި ތައާރަފްކޮށްފައިވާ ޕްރޮމޯޝަނެއް ކަމަށާއި އެ ޕްރޮމޯޝަންގައި ކޮންމެ ދުވަހަކު ވެސް ނަސީބުވެރި 24 ފަރާތަކަށް 99 ރުފިޔާގެ ކްރެޑިޓް މުޅިން ހިލޭ ލިބޭނެ ކަމަށެވެ. އަދި އެ ޕްރޮމޯޝަންގައި ހަފްތާގެ ތެރޭގައި އެންމެ ގިނައިން ރީޗާޖްކުރާ 10 ފަރާތްތަކަށް 100 ރުފިޔާގެ ކްރެޑިޓް މުޅިން ހިލޭ ލިބޭނެ ކަމަށް ވަތަނިއްޔާ އިން ބުންޏެވެ. އެ ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ ޖޫން މަހުގެ ނިޔަލަށެވެ.