05 Apr 2016, 08:58
ސައި ބުއިމުގެ އާދަ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޒަމާނުއްސުރެ ގެންގުޅޭ އަދި ގެންގުޅެމުން އަންނަ އާދަ އެކެވެ. އެއީ ބޮޑެތި މަޖިލިސްތަކާއި، ގެއަށް ޒިޔާރާތް ކުރާ މެހެމާނުންނަށްވެސް ދެވޭ ބުއިމެކެވެ. ހަމައެއާއެކު، ސަޔަކީ އާއިލީ ގުޅުމާއި ރަހުމަތްތެރިކަމުގެ ގުޅުން ވަރުގަދަ ކުރުމަށްވެސް އެހީތެރިވެދޭ އެއްޗެކެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ރަހައިގެ ގޮތުންނާއި ކުލައިގެ ގޮތުންވެސް ތަފާތު ސައި ބޭނުން ކުރެ އެވެ. ބައެއް ސަރަހައްދުތަކުގައި ކަޅު ސައިގެ މަގުބޫލުކަން ބޮޑު ނަމަވެސް އަނެއް ބައި ސަރަހައްދުތަކުގައި ފެހި ސައި ވަރެއް ނޯވެ އެވެ. އަދި ބައެއް ހިސާބުތަކުގެ މީހުންނަށް ހުދުސައި ވަރެއްވެސް ނެތެވެ.

ފެހި ސައި ---
ކޮންމެ ކުލައެއްގައި ހުއްޓަސް، ސަޔަކީ ސިއްހަތަށް ވަރަށް ފައިދާ ހުރި ބުއިމެކެވެ. އެގޮތުން އެއީ ބާރުގަދަ އެންޓި އޮކްސިޑެންޓުތަކުން މުއްސަނދިވެފައިވާ ބުއިމެކެވެ.
ކަޅު ސައި ބުއިމުން، ހަށިގަނޑުގެ މެޓަބޮލިޒަމް އަވަސްކޮށްދީ، ހިތް ރައްކާތެރިކޮށްދީ ހިތުގެ ބަލިތަކުން ދުރުކޮށްދެ އެވެ. ހަމައެއާއެކު ސަޔަކީ، ރޯގާ ތަކުންނާއި ތަފާތު ވައްތަރުތަކުގެ ވައިރަސްތަކުންވެސް ހަށިގަނޑު ދިފާއުކޮށްދޭ އެއްޗެކެވެ.

ހުދު ސައި ---
ހަމައެހެންމެ، ސަޔަކީ ތަފާތު ތަދުތަކަށް ލުއިކަން ހޯދައިދޭ ބޯހާސްކަން ފިލުވާލުމަށްވެސް އެހީތެރިވާ އެއްޗެކެވެ. އެހެންކަމުން ތަދު ފިލުވާލުމަށާއި ބޯހާސްކަން ފިލުވާލުމަށް ތައްޔާރުކޮށްލެވިދާނެ ސަޔަކަށް ބަލާލާނަމެވެ.
"ޖިންޖާ ޗައި ޓީ"
ބޭނުންވާނެ ތަކެތި:
ދެ ސައި ސަމުސާ މާމުއި
- ދެ ސައިސަމުސާ ކަޅު ސައިފަތް
- ބައި ޖޯޑު އާމަންޑު ކިރު ( އެހެން ބާވަތުގެ ކިރުވެސް ބޭނުން ކުރެވިދާނެ)
- ދެ ކާފޫރު ތޮޅި (ކުޑަކޮށް ޗިސްކޮށްފަ)
- އެއް އިންޗި އިނގުރު
- މޭޒުމަތީ ސަމުސަލެއްގެ ހަތަރު ބައިކުޅަ އެއްބައި ފޮނި ތޮށި
- ދެ ޖޯޑު ފެން
ތައްޔާރު ކުރާނެ ގޮތް:
ފެން އެއްޗަށް ފޮނިތޮށިކޮޅާއި ކާފޫރު ތޮޅިކޮޅު އަދި އިނގުރުކޮޅު އެޅުމަށްފަހު 10 ވަރަކަށް މިނެޓު ކައްކާލާށެވެ. އެއަށްފަހު އޭގެ ތެރެއަށް ކަޅު ސައިފަތް އެޅުމަށްފަހު ދެ ވަރަކަށް މިނެޓް ވަންދެން ކައްކާލާށެވެ. ކުލަ ހިފާވަރަށް ކެކުމުން، އާމަންޑު ކިރު އަޅައި ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު ފުރާނާލާށެވެ. އަދި މާމުއިކޮޅު އަޅާލާށެވެ.