އާދައިގެ ލޮނުމިދަށްވުރެ ފާމެންޓުކޮށްފައި ހުންނަ ލޮނުމެދުން ސިއްހަތަށް ލިބޭ ފައިދާ ބޮޑެވެ. އެ ބާވަތުގެ ލޮނުމެދުގައި އެކުލެވޭ އެންޓިއޮކްސިޑެންޓުތަކަކީ ވެސް އާދައިގެ ލޮނުމިދުގައި އެކުލެވޭ އެންޓިއޮކްސިޑެންޓަށް ވުރެ މާ ބާރުގަދަ އަދި ހަރަކާތްތެރި އެންޓިއޮކްސިޑެންޓު ތަކެކެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ލޮނުމެދު ފާމެންޓުކުރުމުގެ ތެރެއިން އޭގައި ހައިޑްރޮޖެން ޕެރޮކްސައިޑު ކިޔާ މާއްދާއެއް އުފެދެ އެވެ. އިންސާނާގެ ހަށިގަޑުން ވެސް އުފައްދާ އެ މާއްދާއަކީ ހަށިގަނޑުގައި ހުންނަ ޖަރާސީމާއި، ވައިރަސް ފަދަ އެއްޗެހި ނައްތާލުމަށް މަސައްކަތްކުރާ ވަރަށް މުހިއްމު މާއްދާ އެކެވެ.

ހަމައެއާ އެކު ފާމެންޓް ލޮނުމެދަކީ ކެންސަރުން ރައްކާތެރިކޮށްދޭ ސްޓްރޯކު ޖެހުންމުން ވެސް ދުރުކޮށްދޭ ކާނާ އެކެވެ. އަދި އެއީ ލޭގެ ޕްރެޝަރު ވެސް ދަށްކޮށްދޭ ކާނާ އެވެ.

ލޮނުމެދު ފާމެންޓު ކުރާނެ ގޮތް

ބޭނުންވާ ތަކެތި:

  • 12 ވަރަކަށް ލޮނުމެދު

  • ދެ ސަމްސާ ފުރެއްދެ ލޮނު
  • ފެން
  • ހާބްސް ކޮޅެއް (އޮރިގާނީ، ބޭސިލް)

ތައްޔާރު ކުރާނެ ގޮތް

ލޮނުމެދުގެ ތޮށި ނޮޅާލާށެވެ. އަދި ފުޅިއަކަށް އަޅާލާށެވެ. އެއަށް ފަހު ފެނާއި ލޮނު އަދި ބޭނުންވާ ވައްތަރެއްގެ ފަތްޕިލާވެލި ވެސް އެ ފުޅިއަށް އަޅާލާށެވެ. އަދި ފުޅީގެ މަތި ބަންދު ކުރުމަށް ފަހު ދެ ތިން ހަފުތާ ވަންދެން ރޫމް ޓެމްޕަރޭޗާގައި ބެހެއްޓާށެވެ. އެއަށް ފަހު ބޭނުން ކުރާށެވެ. ދުވާލަކު އެކެއް ނުވަތަ ދެ ލޮނުމެދު ވެސް ކެއުމުގައި ބޭނުން ކުރެވިދާނެ އެވެ.

މައުލޫމާތު: 1މިލިއަން ހެލްތު ޓިޕްސް