ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ހޭނައްތާ އިންޖެކްޝަނެއް ޖަހައިގެން އޮޕަރޭޝަނެއް ކުރުމުން، ހޭނާރައިގެން މާލެ ގެނައި އެ ރަށު ގުލްއަލާގެ، މަސީހާ އަބޫބަކުރު،39،ގެ ސިކުނޑި އެއްވެސް ވަރަކަށް މަސައްކަތް ނުކުރާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލު ޒީނަތު އަލީ ހަބީބު "ސަން" އަށް މިއަދު ވިދާޅުވީ މަސީހާ އަދިވެސް ހޭނާރާ ކަމަށެވެ.

މަސީހާ ހޭނާރާތާ މިއަދަށް މިވީ 21 ދުވަހެވެ.

މަސީހާ މިދިޔަ މަހުގެ 14 ވަނަ ދުވަހުގެ ރޭ މާލެ ގެނައީ ކުޑަ އޮޕަރޭޝަނެއް ކުރުމަށް ހޭނެއްތުމަށް ފަހު ހޭ ނާރައި ގިނަ އިރުވެގެން އިމަޖެންސީކޮށެވެ.

މަސީހާގެ ބޭބެ އިބްރާހިމް ޒަކީ، 54، ބުނީ އޭނާ އޮޕަރޭޝަން ކުރަންޖެހުނީ ކިހިލިފަތްދޮށުގައި ގަނޑެއްލާފައި ހުރުމުން ކަމަށެވެ.