01 May 2011, 20:56
3:05 ފުލުހުން އެކި މީހުން ހައްޔަރުކުރަމުން އެބަދޭ. ރައަޓް ގިއަރުގައާއި އާދައިގެ ޔުނިފޯމްގައި ތިބި ފުލުހުން މަޖީދީމަގުގައި މިހާރު ފޯރިމަރަނީ.
3:04 އެމްޑީޕީ މީހުންގެ އެއްވުން ވެސް ފުލުހުން ރޫޅާލައިފި.
2:57 މުޒާހަރާ ނިންމާލަން އިއުލާންކުރިތާ ކުޑައިރުކޮޅެއް ތެރޭ ފުލުހުން މުޒާހަރާ ރޫޅާލައިފި. ކަރުނަ ގޭސް ބޭނުންކޮށްފައެއް ނުވޭ. މުޒާހަރާ ރޫޅާލީ ގިނަ އަދަދެއްގެ ފުލުހުންތަކެއް ކުއްލިއަކަށް މުޒާހަރާތެރެއަށް ވަރަށް ބާރަށް ވަދެގަނެގެން.
2:56 ޒިކުރާ މިސްކިތްތެރޭ ޕެޓްރޯލް ބޭނުންކޮށްގެން ގޮވާތަކެތި ތައްޔާރުކުރަމުންދަނިކޮށް ފުލުހުން އެތަކެތި އަތުލައިގެންފި.
2:45 ފުލުހުންގެ ސަފުތައް ކުރިއަށް ޖެހި، މާސްކު އަޅައި ރެޑީ އެބަވޭ. ކަރުނަ ގޭސް ޖެހުމަށް ގޭސް ނަގައި ރެޑީވި މަންޒަރުވެސް ފެނުނު ކަަމަށް ނޫސްވެރިން ބުނޭ.
2:43 އަލިފާން ރޯކޮށްފައި އޮތް އެއްޗެއް ފުލުހުންނާ ދިމާއަށް އެއްލައިފި. ފުޅިއާއި ކުނިބުނި ވެސް އެކަމުން އެބަދޭ.
2:41 ޗާނދަނީ މަގުގައި ތިބި ފުލުހުންގެ ސަފުތައް އަނެއްކާވެސް ކުރިއަށް އެބަޖެހޭ.
http://www.youtube.com/watch?v=gvUSLbmQ2lE
2:16 ފުލުހުންގެ ސަފުގެ ދެފަރާތުން ދެބައިމީހުންގެ މުޒާހަރާ ކުރިއަށްދަނީ. ދެ މުޒާހަރާވެސް ހުއްޓާލުމަށް ފުލުހުން އެބަ އިލްތިމާސްކުރޭ. ނަމަވެސް، އެއްވެސް ބަޔަކު ފަހަތަށް ޖެހެން ބޭނުމެއް ނުވޭ. ހައްތަހާ މަސްރަހު ހޫނުވަނީ. އެއް ބަޔަކު އަނެއް ބަޔަކާ ދިމާއަށް ޕްލާސްޓިކް ފުޅިއާއި އެހެނިގެން އެއްޗެހިވެސް އެބަ އުކަމުންދޭ.
http://www.sun.mv/uploads/l_718550.jpg
2:09 އަޑުގަދަކުރަމުންދާ އެމްޑީޕީގެ ގްރޫޕާއި އަގުއުފުލުމާ ދެކޮޅަށް މުޒާހަރާކުރަމުންދާ މީހުން ޒުވާބުކުރަމުންދަނިކޮށް، ޝީލުޑު ހިފައިގެން ތިބި ފުލުހުންތަކެއް ގޮސް، ދެ ބައިމީހުންގެ މެދުގައި ސަފުތައް އަތުރާލައިފި. މިހާރު ފުލުހުންގެ ސަފުން ވަނީ ދެބައިމީހުން ވަކިކޮށްފައި. އެމްޑީޕީ ގްރޫޕް މަޑުމަޑުން ހެންވޭރާވީ ކޮޅަށް ފަހަތަށް ޖައްސަނީ.
2:01 އަޑުއުފުލަމުންދާ އެމްޑީޕީގެ ގްރޫޕް ކައިރީ އެއްވެސް ފުލުހެއް ނެތް.
http://www.sun.mv/uploads/l_71855.jpg
1:49 އިދިކޮޅު ލީޑަރުން ހައްޔަރުކުރުމަށާއި އަދި ޗާނދަނީ މަގު ކައިރީ ތިބި މުޒާހަރާކުރާ މީހުން އެތަނުން ނުފޮނުވަނީސް މުޒާހަރާ ހުއްޓާނުލާނެ ކަމަށް އެމްޑީޕީ މީހުން އެބަ ބުނޭ. އަދި ތަކެތީގެ އަގު އުފުލެމުންދާ ކަމަށް ގަބޫލުނުކުރާ ކަމަށް ވެސް އެމްޑީޕީގެ ގްރޫޕުން ގޮވަމުން އެބަދޭ.
1:42 އެމްޑީޕީގެ ގްރޫޕާއެކު ހޯމް މިނިސްޓާ ހަސަން އަފީފުވެސް އެބަ ހުންނެވި. އަފީފް އެމީހުންނާ އެބަ ވާހަކަދައްކަވާ.
1:41 އެމްޑީޕީ ގްރޫޕް މިހާރު ކުރީގެ ގައުމީ ކުތުބުހާނާ ކައިރިން ކުރިއަށް. އެމްޑީޕީގެ ލޮރީއެއްވެސް އެބަދޭ.
1:38 މޫނު ނިވާކޮށްގެން ތިބި ބަޔަކު ޗާނދަނީ މަގުގައި އެބަތިބި.
1:37 މުޒާހަރާއަށް ހުރަސް އެޅުމަށްދާ އެމްޑީޕީގެ މީހުން އަލިކިލޭގެފާނު މަގުން މަޖީދީ މަގަށް ނުކުމެއްޖެ.
1:31 މުޒާހަރާތެރެ ދަނީ ހޫނުވަމުން. ފުލުހުންގެ ފެން ލޮރީއެއް ވެސް ޕާކުކޮށްފައި ކައިރީގައި އެބަ އޮތް. ބައެއް މީހުން ކަރުނަ ގޭހުގެ އަސަރުން ސަލާމަތްވުމަށް ބޮލުގައި ކޮތަޅު އަޅައިގެން އެބަތިނި. އަނެއް ބަޔަކު ގޮގްލްސް ވެސް އެބަ ގެންގުޅޭ.
http://www.sun.mv/uploads/l_718534.jpg
1:26 އެމްޑީޕީ އެކްޓިވިސްޓުންތަކެއް ގޮވައިގެން ރީކޯ މޫސަ އާއި ޕާޓީގެ ނައިބު ރައީސަކަށް އަލަށް އިންތިހާބުވެވަޑައިގެންނެވި އަލްހާން ފަހުމީ މުޒާހަރާއާ ދިމާއަށް ނައްޓާލައިފި. މިހާރު އެއްވެ އިހްތިޖާޖު ކުރަމުންދާ މީހުންނާ ދެކޮޅަށް ނިކުންނާނެ ކަން ރީކޯ މޫސާ މަނިކު ވަނީ އިއުލާންކޮށްފައި.
1:21 ސުލްހަވެރިކަމާއެކު އެ ސަހަރައްދު ދޫކޮށް ދިއުމަށް ފުލުހުން ތަކުރާރުކޮށް އިންޒާރުދެނީ. ދޫކޮށްދާން ބޭނުންވާ ފަރާތްތަކަށް ޗާނދަނީ މަގު އުތުރުން ދުއްވާ އެއްޗެހީގައި ދެވޭނެ ކަމަށް ފުލުހުން ބުނޭ. އެހެންނަމަވެސް، މީހުން މަދެއް ނުވޭ. ދޭތެރެ ދޭތެރެއިން މުޒާހަރާކުރާ މީހުން އެއްޗެހި އުކަނީ.
1:18 ޗާނދަނީ މަގު އުތުރުގައި އަސްރަފީ ބުކްޝޮޕް ކައިރީ ތިބި ރައަޓް ފުލުހުންގެ ސަފުތައް ކުރިއަށް އެބަޖެހޭ. ރައަޓް ފުލުހުން މިހާރު ވަނީ އިތުރުކޮށްފައި. ފުލުހުން ވަނީ މާސްކުވެސް އަޅައިފައި. އެހެންވެ، މުޒާހަރާ ރޫޅާލުމަށް ތައްޔާރުވަނީ ކަމަށް ބެލެވެނީ.
1:14 ގާސިމް މިހާރު އެތަނުން ވަޑައިގެންފި. ތަސްމީން މަޑުކުރައްވައިފި މުޒާހަރާތެރޭ.
1:12 ރައީސް ނަޝީދުގެ އިސްތިއުފާއަށް ގޮވަމުން އެބަދޭ.
1:11 މިހާރު ގާސިމް ވާހަކަދައްކަވަނީ. އެމްޑީޕީ ސަރުކާރުގެ ވައުދުތައް ފުއްދާ ނުދެވޭކަން ސަރުކާރަށް އަންގައިދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި.
1:06 ދާދި ދެންމެއަކު ޑީއާރްޕީގެ ލީޑާ އަހުމަދު ތަސްމީން އަލީއާއި ޖުމްހޫރީ ޕާޓީގެ ލީޑާ ގާސިމް އިބްރާހިމް މުޒާހަރާއާ ގުޅިވަޑައިގެންފި.
ތަސްމީން ވިދާޅުވީ، ރައްޔިތުން ތިިބީ ވަރަށް ހާލުގައި ކަމަށާއި ގިނަ މީހުންގެ އަނގައާ އަތާ ދިމާނުވާ ކަމަށް. އަދި އެކަންތައްތައް ސަރުކާރަށް ނޭގޭ ކަމަށް ވެސް ވިދާޅުވި.
00:56 މަޖީދީ މަގުގައި އިހުތިޖާޖުކުރަމުން ދިޔަ މީހުންގެ ތެރެއަށް ވަރަށް ބާރަށް ދުއްވައިފަ ދިޔަ ސައިކަލެއް ކުއްލިއަކަށް ވަދެއްޖެ. ސައިކަލް ދުއްވަން އިނީ އެމްޑީޕީގެ އެއްވުންތަކުން ފެންނަ އެކްޓިވިސްޓެއް. އޭނަ މިހާރު ވަނީ ފަހަތަށް ޖައްސައިފައި.
ބެލެވޭ ގޮތުގައި، އެއްވުން ތެރެ ހޫނުކޮށް، މަސްލަހަތު ގެއްލުވުމާލުމަށް ބަޔަކު ދަނީ ގަސްތުގައި މަސައްކަތް ކުރަމުން.
00:39 ތިން ފަހަރަށް އަލިފާން ރޯކޮށްފައި އެއްޗެއް ފުލުހުންނާ ދިމާލަށް އެއްލައިފި. ފުލުހުން ދަނީ ތަކުރާރުކޯށް ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސް ނޭޅުމަށް މުޒާހަރާގެ ބައިވެރިންނަށް ތަކުރާރުކޮށް ނަސޭހަތްތެރި ވަމުން.
00:36 ގެ އެއްގެ މައްޗަށް އަލިފާން ބޯޅައެއް އެއްލައިފި. ދެ ވަނަ ފަހަރަށް ފުޅިއެއްގައި އަލިފާން ރޯކޮށްފައި ފުލުހުންގެ ތެރެއަށް އެއްލައިފި.
00:30 އެއްވުން ރޫޅާލާނެ ކަމުގެ އިންޒާރު ފުލުހުން ދީފި. ފުލުހުން ބުނީ މިހާރު ބާރަ ޖަހާފައިވާ ކަމަށާއި އަދި ފުލުހުންގެ ބޮލުގައި މީހަކު އެއްލި ފުޅިއަކުން ޖެހި،ބޯ ފަޅައިގެންގޮސްފައިވާ ކަމަށް/ އަދި އެފަދަ ކަންކަން ތަކުރާރު ކުރާނަމަ އެއްވުން ރޫޅާލާނެ ކަމަށް ބުނެ ވަނީ އިންޒާރު ދީފައި.
http://sun.mv/albums/l_687.jpg
00:24 އެމްޑީޕީ މީހުން އަންނާނެ ކަމަށް ބުނެ މުޒާހަރާގެ ބައިވެރިން ތައްޔާރީ ހާލަތަށް އެބައާދެ. ރައިޓް ގިޔަރުގައި ތިބި ފުލުހުން ވެސް ދަނީ ތައްޔާރު ވަމުން.
00:23 މުޒާހަރާގެ ބައިވެރި އަކު އެއްލި ފެން ފުޅިއަކުން ޖާނަލިސްޓެއްގެ ބޮލުގައި ޖެހިއްޖެ.
00:21 ބައިނަލްއަގްވާމީ މީޑިއާގެ ނޫސް ވެރިއަކު މުޒާހަރާ ކަވަރު ކުރަމުން އެބަދޭ. އެހެންނަމަވެސް އެއީ ކޮން މީޑިއާ އެއް ކަމެއް އަދި ސާފެއް ނުވޭ. މުޒާހަރާ ކަވަރު ކުރަން އައިސް ހުރި މީހާ ރައްޔިތުންގެ މަޖިލިސްގެ މެމްބަރުން އިންޓަވިއު ނަގަމުންދާ ކަމަށް ސަންގެ ޖާނަލިސްޓުން ބުނޭ.
00:12 އެމްޑީޕީ މީހުން މިހާރު އެއްވެ އިހްތިޖާޖު ކުރަމުންދާ މީހުންނާ ދެކޮޅަށް ނިކުންނާނެ ކަން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު ރީކޯ މޫސާ މަނިކު އިޢުލާންކޮށްފި. މޫސަ އެކަން އިޢުލާން ކުރެއްވީ އެމްޑީޕީގެ މައި ހަރުގޭގައި ހުންނަވާ ދާދި ދެންމެ އަކު.
00:08 އެއްވުން ރޫޅާލައިފިނަމަ ޢަމަލު ކުރާނެ ގޮތުގެ އިރުޝާދު ދީފި. މުޒާހަރާގެ ބައިވެރިން ވަނީ ކަރުދާސް ގަނޑެއްގެ އެއްފުށަށް ޑޮލަރު ޕްރިންޓް ކޮށްގެން ނެރެ މަގުމައްޗަށް އުކާފައި.
23:59 ހުކުރު ނަމާދަށް ފަހު ޖުމްހޫރީ މައިދާނަށް އެއްވާނެ ކަން އިއުލާންކޮށްފި
http://sun.mv/albums/l_685.jpg
23:28 އާޓިފިޝަލް ބީޗުގައި މިރޭ އޮތް އެމްޑީޕީގެ ޖަލްސާ ނިމުމަށް ފަހު ބައެއް މީހުން "ތަހުރީރު" މައިދާނަށް އަންނަން އުޅޭ ކަމުގެ އަޑު ފެތުރުމާ އެކު ތަހުރީރު މައިދާނުގައި ތިބި މީހުން އެއަށް ތައްޔާރުވެއްޖެ.
23:19 ދަންވަރު އަތަށް އަޅާ ވަރަކަށް ފުލުހުންގެ ފޯސްތަކުގެ މީހުން އިތުރުކޮށް ބާރުގަދަ ކުރަމުން އެބަދޭ.
http://sun.mv/albums/l_686.jpg
ރޭގެ މުޒާހަރާ ފުލުހުން ރޫޅާލީ މީހުން މަދުވެ، ފަތިސް އަތަށް އެޅިވަގުތު.
23:17 މިހާރު ކުރަމުންދާ މުޒާހަރާ އަށް އަދާލަތު ޕާޓީން ތާއީދު ކުރާ ކަމަށް އެ ޕާޓީން ބުނެފި އެވެ. ސަރުކާރު ހިންގާ އެމްޑީޕީއާ ކޯލިޝަން ހަދާފައިވާ އާދަލަތުން މިރޭ ނެރުނު ބަޔާނުގައި ބުނަނީ ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދާ އިހްތިޖާޖަކީ އަކީ ގާނޫނީ އިމުގެ ތެރެއިން ކުރަމުންގެންދާ އިހްތިޖާޖެއް ކަމަށް.
އަދި މިހާރު ރާއްޖެ ވެއްޓިފައިވާ އިގްތިސާދީ ވަޅުގަނޑުން އަރައިގަނެވޭނީ ދިވެހި ރައްޔިތުން އެކުގައި މަސައްކަތް ކޮށްގެން ކަމަށް ވެސް އަދާލަތު ޕާޓީގެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި ސަރުކާރުން ރައްޔިތުންގެ އަޑު އެހުމަށާއި އިންސާނީ ހައްގުތަކާ ޚިލާފު އަނިޔާވެރި ޢަމަލުތަކާއި ލޭ އޮހޮރުވުމަށް މަގުފަހި ނުކުރުމަށް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް އަދާލަތުގެ ބަޔާނުގައި ވަނީ ގޮވާލާފައި.
23:12 ދިވެހި ޒުވާނުން ކުރަމުން ދަނީ ސުލްހަވެރި މުޒާހަރާއެއް ކަމަށާއި ފުލުހުން މުޒާހަރާ ރޫޅާލަން ދެން މުޒާހަރާ ކުރިއަށް ގެންދާނެ ކަމަށް ޒެޑް ޑީއާރުޕީގެ އުމަރު ނަސީރު ވިދާޅުވެއްޖެ.
http://www.sun.mv/uploads/l_71857.jpg
22:36 މަޖީދީމަގުގައި އަޑުއުފުލަމުންދާ މީހުންނާ ފުލުހުންނާ ދެމެދު ބަހުގެ ހޫނު ހަމަލަތަކެއް ބަދަލު އަބަކުރޭ. ފުލުހުންގެ ސަފުތައް ފޫއަޅުވާލުމަށް ވެސް އެއްބަޔަކު މަސައްކަތް އެބަކުރޭ.
22:33 މުޒާހަރާގެ ބައިވެރިން އެމްއެންބީސީގެ ގޭޓުގައި ޖަހައި، ކޮންމެވެސް ވަރަކަށް ގެއްލުން ދިނުމަށް މިރޭ މަސައްކަތްކުރުމާ ގުޅިގެން ގޭޓްގެ ސެކިއުރިޓީ ވަރުގަދަކުރުމަށް އެތެރެއިން ވެލްޑުކުރަނީ.
http://www.sun.mv/uploads/l_718556.jpg
22:15 މަޖީދީމަގާއި ޗާނދަނީ މަގާއި ގުޅުނު ކަންމަތީގައި ހުރި ބައެއް ފިހާރަތައް ބަންދުކޮށްފި. ބައެއް ފިހާރަތަކުގައި ކަސްޓަމަރުން ތާށީވެފައިވެސް އެބަތިބި. ކައިރިގެތަކުގެ މީހުން ނުކުމެ ކުޅިބަލަންވެސް އެބަތިބި. ރައަޓް ގިއަރުގައި ތިބި ފުލުހުން ސަފު ހަދައިގެން ޗާނދަނީ މަގުގައި.
22:08 ޗާނދަނީ މަގުގައި އާދައިގެ ޔުނިފޯމުގައި ތިބި ފުލުހުންގެ ސަފުތައް ފަހަތަށް ޖެއްސުމަށްފަހު ރައަޓް ގިއަރުގައި ތިބި ފުލުހުން ޗާނދަނީ މަގުން ކުރިއަށް އެބަޖެހޭ.
22:05 ރޭގެ މުޒާހަރާއިން ފެނުނު އަދަދަށްވުރެ ވުރެ ގިނަ ބަޔަކު މިރޭގެ މުޒާހަރާގައި ބައިވެރިވޭ. އެމީހުން މިހާރު މަޖީދީމަގާއި ޗާނދަނީ މަގު ގުޅުނު ކަންމަތި ނުވަތަ ތަހުރީރުމައިދާނުގައި މަޑުކޮށްފި. މީހުން ގިނަވުމުން، އެއް ބަޔަކު ޗާނދަނީ މަގުގައިވެސް އިށީނުމަށް މަސައްކަތް އެބަކުރޭ.
ނަމަވެސް، އެމަގުގައި ފޯރިމަރަމުންދާ ފުލުހުން އެކަމަށް ހުރަސްއެޅުމުން އާއްމުންނާ ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގައިފައިވޭ.
22:02 ރޭގެ މުޒާހަރާއިން ފެނުނު އަދަދަށްވުރެ ވުރެ ގިނަ ބަޔަކު މިރޭގެ މުޒާހަރާގައި ބައިވެރިވޭ. އެމީހުން މިހާރު މަޖީދީމަގާއި ޗާނދަނީ މަގު ގުޅުނު ކަންމަތި ނުވަތަ ތަހުރީރުމައިދާނުގައި މަޑުކޮށްފި.
21:58 ތަހުރީރު މައިދާނަށް މުޒާހަރާގެ ބައިވެރިން ގޮސް މަޑުކޮށްފި. އެއް ބަޔަކު އަތްތިލަބަޑި ޖަހައި އުފާފާޅުކުރަނީ. މީހުން މިހާރު ބިންމަތީ އިށީންނަނީ.
21:56 މަޖީދީ މަގާއި އަލިކިލޭގެފާނު މަގުގެ އުތުރު ފަރާތު މަގާ ގުޅުނު ކަންމަތި ފުލުހުން ބަންދުކޮށްފި. އެއީ އެ މަގުން މުލިއާގެއާ ދިމާއަށް މުޒާހަރާގެ ބައިވެރިން ގޮސްފާނެތީ ކަމަށް ލަފާކުރެވޭ. ނަމަވެސް، މުޒާހަރާގެ ބައިވެރިން މަޖީދީމަގުން މާފަންނާ ވީކޮޅަށް ކުރިއަށްދަނީ.
http://www.sun.mv/uploads/l_718518.jpg
21:52 މުޒާހަރާގެ ބައިވެރިން މިހާރު ތިބީ އަލިކިލޭގެފާނުގެ ދެކުނު ފަރާތު މަގުގައި. އެމީހުން މަސައްކަތްކުރަމުން ދަނީ މަޖީދީ މަގަށް ނުކުތުމަށް. އެހެންނަމަވެސް، އެމަގުގައި ޓްރެފިކްގެ ބާރުބޮޑުވުމުން މުޒަހަރާގެ ބައިވެރިންނަށް ކުރިއަށްދިއުމަށް ފުދޭވަރަކަށް ވަނީ އުނދަގޫވެފައި.
21:47 އެމްޑީޕީގެ ޖަލްސާތަކުން އާއްމުކޮށް ފެންނަ އެޕާޓީގެ އެކްޓިވިސްޓުންތަކެއްވެސް މިރޭގެ މުޒާހަރާއިން އެބަފެނޭ.
21:42 މުޒާހަރާގެ ބައިވެރިން ބުރުޒު މަގުން ކުރިއަށް. ޑީއާރްޕީގެ ދެ ފެކްޝަނާއި ގައުމީ ޕާޓީއާއި ޖުމްހޫރީ ޕާޓީއާއި ޕީއޭގެ އިތުރުން ޖުމްހޫރީ ޕާޓީގެ މެމްބަރުން މުޒާހަރާއިން އެބަފެނޭ.
21:40 އެމްއެންބީސީ ގޭޓް ކައިރީ މުޒާހަރާގެ ބައިވެރިން އެބަތިވި. އެތަނުގެ ގޭޓުގައި ހިފައި ކޮންމެވެސް ވަރަކަށް މީހުން ހިތްހަމަނުޖެހުން ފާޅުކުރަމުން އެބަތިބި. އެކަމަކު އެތަނަށް އެއްވެސް ގެއްލުމެއް ނުދޭން މުޒާހަރާ ލީޑުކުރާ ފަރާތްތަކުން އެބަ އަންގަމުންދޭ.
http://www.sun.mv/uploads/l_718527.jpg
21:34 އެތައް ސަތޭކަ ބަޔަކު މިރޭގެ މުޒާހަރާގައިވެސް ބައިވެރި އެބަވޭ. ޒުވާނުންނާއި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ އިތުރަށް ގިނަ އަދަދެއްގެ އަންހެނުންނާއި މުސްކުޅިންވެސް މުޒާހަރާގައި ބައިވެރިވޭ.
21:21 މުޒާހަރާގެ ބައިވެރިން ހިނގަން ފަށައިފި. އަޑުއުފުލަމުން މުޒާހަރާގެ ބައިވެރިން ކުރިއަށްދަނީ އަމީނީ މަގުން. އެމީހުން މިސްރާބު ހުރީ "ތަހުރީރު މައިދާން" ކަމަށް ސިފަކުރާ ޗާނދަނީމަގާއި މަޖީދީމަގާ ގުޅުނު ހަތަރު އަނގޮޅި ކަންމައްޗަށް.
21:00 ޑޮލަރުގެ އަގަށް ސަރުކާރުން ގެނައި ބަދަލާ ގުޅިގެން ތަކެތީގެ އަގުތައް އުފުލެމުންދާތީ އެކަމާ ދެކޮޅަށް އަޑުއުފުލުމަށް ޒުވާނުން އިސްނަގައިގެން ކުރަމުންދާ ސިލްސިލާ މުޒާހަރާގައި، އިދިކޮޅު ސިޔާސީ ޕާޓީތަކާއި ގިނަ އަދަދެއްގެ އާއްމުން މިރޭ ވެސް މުޒާހަރާއަށް ނުކުތުމަށް ސުނާމީ ބިނާ ކައިރީ ތައްޔާރުވަމުން އެބަދޭ.
ފުލުހުން ވެސް ވަނީ ރައަޓް ގިއަރުގައި އެލާޓަށް އައިސްފައި. ގިނަ އަދަދެއްގެ ފުލުހުން ޝަހީދު ހުސެއިން އާދަމް ބިލްޑިން ބޭރުގައި އެބަތިބި.
މުޒާހަރާ ކަވަރުކުރަމުންދަނީ: ހުސެއިން ހަސަން އަދި އަހްމަދު ނާއިފު އަދި އިބްރާހިމް ޒަކީ
ލައިވް ބްލޮގް އަޕްޑޭޓްކުރަނީ: ހައްވާ ލުބްނާ އަދި އައިމިނަތު ނިޔާޒާ
ރޭގެ މުޒާހަރާ ކަވަރޭޖް : އާ