އެހެނިހެން ބަލިތަކެކޭ އެއްފަދައިން ގިނަ ބަޔަކު ތަހައްމަލު ކުރަމުން އަންނަ ހަކުރު ބައްޔަކީ ވެސް ކޮންޓްރޯލް ކުރެވިދާނެ ބައްޔެކެވެ. އެހެންނަމަވެސް މި ފަހަރު ބޭހަކުންނެއް ނޫނެވެ. އަނގަޔަށް މީރު ފަސޭހަ ކަމާއެކީ ގޭގައި ތައްޔާރުކޮށްލެވިދާނެ ސެލެޑްތަކަކުންނެވެ.

އެހެންކަމުން އެފަދަ ބައެއް ސެލެޑުތަކަށް ބަލައިލާނަމެވެ.

ސްޕިނެޗު ވިތު ގާލިކް ވިނައިގްރެޓް

ބޭނުންވާ ތަކެތި:

  • ހަ ޖޯޑު ބޭބީ ސްޕިނެޗު ފަތް،

  • ދެ ލޮނުމެދު ކުދިކޮށް ކޮށާފައި،
  • ޖޯޑެއްގެ ހަތަރުބައިކުޅަ އެއްބައި ފިޔާ (ކޮށާފައި)،
  • މޭޒުމަތީ ސަމްސަލެއްގެ ހަތަރު ބައިކުޅަ އެއްބައި އަސޭ މިރުސް،
  • މޭޒުމަތީ ސަމްސަލެއްގެ އަށް ބައި ކުޅަ އެއްބައި ލޮނު،
  • މޭޒުމަތީ ސަމްސަލެއްގެ އެއް ސަމްސާ ބައި އެކްސްޓްރާ ވާޖިން އޮލިވް އޮއިލް،
  • އެއް މޭޒުމަތީ ސަމްސާ ވައިޓް ވައިން ވިނެގާ،
  • މޭޒުމަތީ ސަމްސަލެއްގެ ދެބައި ކުޅަ އެއްބައި ޑިޖަން މަސްޓާޑް.

ތައްޔާރުކުރާނެ ގޮތް:

ސްޕިނެޗު ފަތްކޮޅާއި ފިޔާ ކޮޅު ނޫން ދެން ހުރި ހުރިހާ އެއްޗެއް ބޯތަށްޓަކަށް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ފިޔާ ކޮޅާއި ސްޕިނެޗު ފަތްކޮޅު އެއްކޮށްލާށެވެ.

ކިއުކަމްބާ ސެލެޑު

ބޭނުންވާ ތަކެތި:

  • މީޑިއަމް ސައިޒްގެ ދެ ކިއުކަމްބާ،

  • ދެ ސައި ސަމްސާ ސީސޭމް ސީޑް(ޓޯސްޓުކޮށްފައި)،
  • އެއް ސައި ސަމްސާ ސްޓީވިއާ،
  • ސައި ސަމްސަލެއްގެ ހަތަރު ބައިކުޅަ އެއްބައި ލޮނު،
  • ޖޯޑެއްގެ ހަތަރު ބައި ކުޅަ އެއްބައި ރައިސް ވިނެގާ.

ތައްޔާރު ކުރާނެގޮތް:

ކިއުކަމްބާގެ ތޮށި މަށާލުމަށްފަހު އޭގެ އޮށްތަށް ނަގާލާށެވެ. އަދި ކިއުކަމްބާ ކުދިކޮށްކޮށާލާށެވެ. އެއަށްފަހު ފޮތި ކޮޅަކަށްލައި އޭގެ ދިޔަ ފެލާލާށެވެ.

އެއަށްފަހު ލޮނާއި ސްޓީވިއާ، ވިނެގާ ބޯތަށްޓަކަށް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. އަދި އޭގެ ތެރެއަށް ދިޔަ ފެލާފައި ހުރި ކިއުކަމްބާ އާއި ސީސޭމް ސީޑް އެއްކޮށްލާށެވެ.

މައުލޫމާތު:1މިލިއަން ހެލްތު ޓިޕްސް