އެމްޑީޕީގެ ރައީސް ކަމަށް ވާދަ ކުރެއްވި، ރައީސުލްޖުމުހޫރިއްޔާގެ ސްޕެޝަލް އެންވޯއީ އިބްރާހީމް ހުސައިން ޒަކީ ބަލި ގަބޫލު ކުރައްވައިފި ކަމަށް ޒަކީގެ ކެމްޕެއިން އޮފީހުން ބުނެފި އެވެ.

ޒަކީގެ ކެމްޕެއިން އޮފީހުން ބުނީ ޒަކީ ހުންނަވާނީ އެެމްޑީޕީގެ ރައީސް ކަން ކާމިޔާބު ކުރެއްވި ޑރ. އިބްރާހީމް ދީދީ އަށް ފުރިހަމަ އަށް އެއްބާރު ލުން ދިނުމަށް ކަމަށާއިި ޕާޓީގެ ކުރިއެރުވުމަށް ހުރިހާ އެހީތެރިކަމެއް ދެއްވާނެ ކަމަށެވެ.

ޒަކީގެ ކެމްޕެއިން އޮފީހުން ވާހަކަ ދެއްކެވި އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ ޒަކީ ބަލިވީ މާ ބޮޑު ތަފާތުން ނޫން ކަމަށެވެ.