01 Apr 2016, 11:05
ކ.ގިރާވަރު ކައިރިއަށް ނައިޓް ފިޝިންގއަށް ނުކުމެ އުޅުނު ދޯންޏެއް ފަރަށް އެރުމާ ގުޅިގެން އެ ދޯނީގައި ތިބި މީހުން އެމްއެންޑީއެފް ކޯސްޓްގާޑުން މާލެ ގެނެސްފިއެވެ.
އެމްއެންީއެފުން ބުނީ 18 މީހުންނާއެކު ފަރަށް އަރާފައިވަނީ 60 ފޫޓްގެ "ނަޞްރު" ނަމަކަށް ކިޔާ ދޯންޏެއް ކަމަށެވެ. އެދޯނި ފަރަށް އެރި ކަމުގެ މައުލޫމާތު ލިބުނީ ރޭ ގާތްގަނޑަކަށް 6:15 އެހާކަންހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ. އަދި އޭގައި ތިބި މީހުން ސަލާމަތްކޮށްގެން މާލެ ގެނެވުނީ ރޭ ނުވައެއް ޖަހާ އެހާއިރު ކަމަށްވެސް ވަނީ ބުނެފަ އެވެ.
"ކޯސްޓްގާޑު ހާބަރ ކްރާފްޓް ލޯންޗުގައި ޑައިވަރުންނާއެކު އެސަރަޙައްދަށްގޮސް، ނަޞްރު ދޯނީގައި ތިބި ހަތަރު ފަޅުވެރިން ފިޔަވައި ބާކީތިބި 14 މީހުން ކޯސްޓްގާޑު ހާބަރ ކްރާފްޓް ލޯންޗަށް ނަގައިގެން ރޭ ގާތްގަނޑަކަށް 21:09 ހާއިރު ވަނީ މާލެ ގެނެސްފަ" އެމްްއެންޑީއެފުން ބުންޏެވެ.
އެދޯނީގައި ތިބީ 10 އަންހެނުންނާއި ހަތަރު ފިރިހެނުން ކަމަށާއި އެންމެންގެ ހާލުވެސް ރަނގަޅުކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.