ދިރާގުގެ މޯބައިލް ޑޭޓާގެ ހިދުމަތަށް ދިމާވި މައްސަލަ ހައްލުކޮށްފިއެވެ.

ދިރާގުން ރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އެމައްސަލަ ރޭ 1:30 ކަންހާއިރު ހައްލުކޮށްފައިވާ ކަމަށެވެ.

ދިރާގުން ރޭ ބުނީ އެކުންފުނީގެ ކަސްޓަމަރުންނަށް މޯބައިލް ޑޭޓާ ބޭނުން ކުރުމަށް މައްސަލަތަކެއް ކުރިމަތިވީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ.

ދިރާގުން ވަނީ މިދިޔަ މަހުގެ ތެރޭގައި އެކުންފުނީގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއްކޮށްފައެވެ. އެމަސައްކަތް އިއްޔެގެ ނިޔަލަށް ނިންމާލެވިފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.