ދިރާގުގެ މޯބައިލް ޑޭޓާގެ ހިދުމަތަށް ބުރޫ އަރައިފި އެވެ.

ދިރާގުން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އެމައްސަލަ ދިމާވީ ޓެކްނިކަލް ގޮތުން ދިމާވި ކަމަކާ ގުޅިގެން ކަމަށެވެ.

ދިރާގުގެ މާކެޓިން، ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަންސްގެ މެނޭޖަރ ުމުހައްމަދު މިރުޝާން ހަސަން "ސަން"އަށް ވިދާޅުވީ، މޯބައިލް ޑޭޓާގެ ހިދުމަތަށް މައްސަލައެއް ދިމާވި ކަމަށެވެ.

އަދި މިހާރު އެ ހިދުމަތް ކަސްޓަމަރުންނަށް ބޭނުން ކުރެވޭނެ ކަމަށާއި، ނަމަވެސް މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރިޔަށް ދާ ކަމަށެވެ.

ގިނަ ބަޔަކު ވަނީ އިއްޔެ ދިރާގުގެ ނަމްބަރުތައް ހިމެނޭ ގޮތަށް ވޮއިސް ކޯލު ކުރުމުގައި ވެސް އުނދަގޫތަކެއް ކުރިމަތިވާ ކަމަށް ބުނެ، ޝަކުވާ ކޮށްފަ އެވެ. އެހެން ނަމަވެސް މިރުޝާން ވިދާޅުވީ އެފަދަ މައްސަލައެއް ކުރިމަތިވެފައި ނުވާ ކަމަށެވެ.

މޯބައިލް ޑޭޓާއަށް ކުރިމަތިވި ޓެކްނިކަލް މައްސަލަ މުޅިން ހައްލުކޮށް ނިމޭނެ ވަކި ވަގުތެއް ބުނަން ދަތި ކަމަށް މިރުޝާން ވިދާޅުވި އެވެ.