31 Mar 2016, 20:41
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން އަންނަ ޖެން ބްރޭންޑުގެ ހޮޓެލްތަކުގެ ފުރަތަމަ އަހަރީ ދުވަސް ރާއްޖޭގައިވެސް ކުލަގަދަކޮށް ފާހަގަކޮށްފި އެވެ.
ޖެން ހޮޓެލްސް އަކީ ޝަންގްރިއްލާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ފަރާތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުޅުވާފައިވާ ޓްރޭޑާސް ހޮޓެލްތައް ރީބްރޭންޑްކޮށް ހުޅުވަމުން އަންނަ ހޮޓަލެކެވެ.
ހޮޓެލް ޖެންގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ: ޝަފްނާ ހުސައިން
އެގޮތުން ރާއްޖޭގައި ހުޅުވާފައި މިވަނީ އެ ބްރޭންޑްގެ ހަތް ވަނަ ހޮޓަލެވެ. އަދި މިހާރު ޝަންގްރިއްލާ އިން އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޖެން ހޮޓެލްސްގެ 10 ހޮޓާ ހިންގަމުންނެވެ.
ހޮޓެލް ޖެންގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ: ޝަފްނާ ހުސައިން
މިއަދު މާލޭގައި ހުންނަ ހޮޓެލް ޖެންގައި ވަނީ ޖެންގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް "ވީ އާރ ވަން" ގެ ނަމުގައި ވަރަށް ކުލަގަދަ ޕާޓީއެއް ބާއްވާފަ އެވެ.
ހޮޓެލް ޖެންގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޕާޓީގެ ތެރެއިން -- ސަން ފޮޓޯ: ޝަފްނާ ހުސައިން
ރާއްޖެއާ ގުޅުވައިގެން "ބީޗް ތީމް" އަކަށް ހޮޓެލް ޖެންގެ ޓެރެސްގައި ކުރިއަށް ގެންދިޔަ ޕާޓީގައި ރާއްޖޭގެ މިއުޒިކީ ދާއިރާގައި ފާހަގަކޮށްލެވޭ ފަންނާނުންނާ، އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ފަރާތްތައް ވަނީ ބައިވެރިވެފަ އެވެ.
ހޮޓެލް ޖެންގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޕާޓީގެ ތެރެއިން -- ސަން ފޮޓޯ: ޝަފްނާ ހުސައިން
ޖެންގެ އަހަރީ ދުވަހާ ގުޅިގެން މިއަދު ވަނީ ހާއްސަ ކޭކެއްވެސް ފަޅާފަ އެވެ.