31 Mar 2016, 16:56
ރާއްޖެ އަށް އެތެރެކޮށް ވިއްކުމުގެ ހުއްދަ އޮންނަ ދެ ބޭހަކާއި އިންޖެކްޝަނެއް އެތެރެކުރުމާއި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފި އެވެ.
އެ އޮތޯރިޓީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ދެ ބޭހެއް އެތެރެކޮށް ވިއްކުން މަނާކުރީ އެ ދެބޭހުގައި ކުނޑި (ޕްރިސިޕިޓޭޓް) ހުރިކަން ފާހަގަކުރެވިގެން ކަމަށެވެ. އެ ދެ ބޭސް ވެސް އުފައްދަނީ އިންޑިއާގެ ދެ ކުންފުންޏަކުން ނެވެ.
އެމްއެފްޑީއޭ އިން ބޭނުން ނުކުރަން އަންގާފައިވާ ބޭސްތައް
Reflin, 500 mg, batch no. 9060057
NS, 3g (3%), batch no. A4P026
އިންޖެކްޝަންކަށި އެތެރެކުރުމާއި ވިއްކުން މަނާކޮށްފައިވަނީ ބެޗް ނަންބަރު: 4262019ގައި ހުރި އިންޖެކްޝަންކަށި ތަކެކެވެ. އަދި އެ ތަކެތި ބޭނުންކުރުން މަނާކުރީ އެތަކެތި ކޮންޓަމިނޭޓް ވެފައި ހުރުމުން ކަމަށް އެމްއެފްޑީއޭ އިން ބުނެ އެވެ.