31 Mar 2016, 17:01
ސުޕެޝަލިސްޓް އޮޕަރޭޝަން (އެސްއޯ) ޑިޕާޓްމަންޓުގެ ފުލުހުން ދުޅަހެޔޮ ސިއްހަތެއްގައި ބޭތިއްބުމަށް ހާއްސަ އެކްސަސައިޒްތަކެއް ފަށައިފި އެވެ.
ފުލުހުން ބުނީ، ދުޅަހެޔޮ ސިއްހަތެއްގައި ތިބެ ސްޕެޝަލިސްޓް އޮޕަރޭޝަން ޑިޕާޓްމަންޓްގެ މެންޑޭޓް ހާސިލް ކުރުމަށްޓަކައި މިދިޔަ އަންގާރަ ދުވަހު ފެށި އެ އެކްސަސައިޒްތަކަކީ ކޮންމެ މަހަކު އަދި ކޮންމެ ހަފްތާއަކު ކަނޑައެޅާ ދުވަސްތަކެއްގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެކްސަސައިޒްތަކެއް ކަމަށެވެ.
އެގޮތުން އެ އެކްސަސައިޒްތައް ފެށުމުގެ ގޮތުން އެސްއޯ ފުލުހުން ވަނީ މާލޭގެ މަގުތަކުގައި ހާއްސަ ދުވުމެއް ކުރިޔަށް ގެންގޮސް، މާލޭގެ އެކި ސަރަހައްދުތަކަށް މަޑުކޮށް އެކްސަސައިޒްތަކެއް ކޮށްފައެވެ.
ފުލުހުން ބުނީ، އެސްއޯ ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ފުލުހުންގެ ފަރާތުން އެންމެ ފުރިހަމަ ހިދުމަތެއް ދިނުމަށްޓަކައި ދުޅަހެޔޮ ސިއްހަތެއްގައި އެ ފުލުހުން ތިބުމަކީ މުހިއްމު ކަމެއް ކަމަށެވެ.